13 މެއި 2017 - 07:17

މިހާރު ސިނަމާގައި އޮތް، ވިކިލީކްސްގެ ވެރިޔާ ޖޫލިއަން އަސާންގެ ޑޮކިއުމަންޓްރީ ފިލްމް "ރިސްކް" އައިޓިއުންސް އިން ގަންނަން ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.
މި ޑޮކިއުމަންޓްރީ ހަދާފައި ވަނީ އެމެރިކާ ސަރުކާރުގެ ސިިއްރު މައުލޫމާތުތަކެއް ފަޅާއަރުވާލި އެޑްވަޑް ސްނޯޑެންގެ ޑޮކިއުމަންޓްރީ "ސިޓިޒަން ފޯ" ވެސް ހެދި ލައުރާ ޕޮއިޓްރަސް އެވެ. ސްނޯޑެންގެ ޑޮކިއުމަންޓްރީ އަށް 2015 ވަނަ އަހަރު ވަނީ އެންމެ މޮޅު ޑޮކިއުމަންޓްރީގެ އޮސްކާ ވެސް ލިބިފަ އެވެ.
"ރިސްކް" އާ ބެހޭ ގޮތުން ލައުރާ ބުނީ އަސާންޖްގެ ދިރިއުޅުމުގެ ވަރަށް ގިނަ މަރުހަލާތައް، އޭގައި ދައްކުވައި ދޭން ވަރަށް ގިނަ އަދި ބުރަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ.
އެގޮތުން މުޅި ޑޮކިއުމަންޓްރީ ފުރިހަމަ ކުރަން ހަ އަހަރު ދުވަސް ނެގި ކަމަށް ބުންޏެވެ.
"ރިސްކް" ތިއޭޓަރަށް ގެނައިތާ ހައެއްކަ ދުވަސް ފަހުން އައިޓިއުންސް އިން ލިބޭ ގޮތް ހެދި އިރު، އެ ފުރުސަތު އޮންނާނީ އަންނަ މަހުގެ 6 އާ ހަމައަށެވެ.
އަދި މި ޑޮކިއުމަންޓްރީ ވަރަށް އަވަހަށް ޓީވީ ޗެނަލަކުން ދައްކާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް ލައުރާ ބުންޏެވެ.