ފިޔަވައްޗަށް އެމްޑަބްލިޔުއެސްސީން ނުވަ އޭސީ ދީފި
ފިޔަވައްޗަށް އެމްޑަބްލިޔުއެސްސީން ނުވަ އޭސީ ދީފި

ހުޅުމާލޭގައި ހަދާފައިވާ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" އަށް އެމްޑަބްލިއުއެސްސީން މިއަދު ނުވަ އޭސީ ހަދިޔާކޮށްފި އެވެ.

ފިޔަވައްޗަށް އެމްޑަބްލިޔުއެސްސީން ނުވަ އޭސީ ދީފި
ފިޔަވައްޗަށް އެމްޑަބްލިޔުއެސްސީން ނުވަ އޭސީ ދީފި

އެމްޑަބްލިއުއެސްސީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަަޝީދު ވަނީ، ފިޔަވަތި ބަލަހައްޓަމުން އަންނަ ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޝަކީބާ އޭސީތައް ހަވާލުކުރައްވައިފަ އެވެ.

ހަދިޔާކުރި އޭސީތައް ހަރުކުރުމުގެ ހުރިހާ ހަރަދެއް ވެސް ކުރާނީ އެމްޑަބްލިއުއެސްސީން އެވެ. މި ހުރިހާ ކަމަކަށް 80،000 އަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށާއި މި ހަފުތާގެ ތެރޭގައި އޭސީތައް ހަރުކޮށް ނިންމާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ޝަކީބު ވިދާޅުވީ ކުޑަކުދިން ހިޔާ އަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުން މަދުވުން ކަމަށެވެ. އޭނާ ވިދާޅުވީ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.

ފިޔަވައްޗަކީ ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ނުވަ އަހަރުން ދަށުގެ ކުދިން ބެލެޖެއްޓުމަށް ހާއްސަ މަރުކަޒެކެވެ. ސައުދީ އަރަބިއްޔާގެ ވިޔަފާރިވެރިއެއްގެ ޚަރަދުގައި އަޅައިދިން އެ މަރުކަޒު ހުޅުވާފައި މިއަހަރުގެ ފެބްރުއަރީ މަހު އެވެ.