މިހާރުގެ ރެސިޕީ: ގެރިމަހު ރިހަ
މިހާރުގެ ރެސިޕީ: ގެރިމަހު ރިހަ

400 ގުރާމު ގެރިމަސް (ޓެންޑަލައިން ބީފް، ރިހައަށް ކޮށައިފައި)

2 މޭޒުމަތީސަމުސާ ހަވާދު (ފުއްލާ ޖެހި ރީނދޫ ދަޅު)

1 ފިޔާ (ބޮޑު، ތުނިކޮށް ކޮށައިފައި)

1 ސައިސަމުސާ ލޮނުމެދު (ޗަސްކޮށްފައި)

½ ސައިސަމުސާ އިނގުރު (ޗަސްކޮށްފައި)

1 ސައިސަމުސާ މަސްޓަޑް ކިރީމު

2 ޖޯޑު ކާށިކިރު

½ ސައިސަމުސާ ފޮނިތޮށިކާފޫރުތޮޅި (މުގުރައިފައި)

½ ސައިސަމުސާ ދިރި (މުގުރައިފައި)

½ ސައިސަމުސާ އަސޭމިރުސް (މުގުރައިފައި)

4 މޭޒުމަތީސަމުސާ ތެޔޮ

1 ޓޮމާޓޯ (ކުޑަ، ކޮށައިލައިފައި)

3 ޖޯޑު ފެން

ގިތެޔޮމިރުސް، ހިކަނދިފަތް، ރާނބާފަތް، ލޮނު

އެއް ޖޯޑު ކިރުގެ ތެރެއަށް، އަސޭމިރުސް، ދިރި، ފިޔާގެ ދެބައިކުޅަ އެއްބައި، ގިތެޔޮމިރުސް (ކުޅި ކުރަން ބޭނުން ވާ ވަރަކަށް)، ޓޮމާޓޯ، ފޮނިތޮށިކާފޫރުތޮޅި އެއްކުރުމަށް ފަހު ބެހެއްޓުން.

ދެ މޭޒުމަތީސަމުސާ ތެޔޮ ތެއްޔެއްގައި ހޫނުކޮށްލައިފައި އޭގެ ތެރެއަށް ގެރިމަސްކޮޅު އަޅާލުން. އަދި ގެރިމަހުން ނުކުންނަ ފެނުން، މަސްކޮޅު މަޑުވަންދެން ކައްކާލުން. މައްޗަށް އަރާ ގަރު (ފޮނު) ނެގިއްޔާ ބޮޑަށް މީރުވާނެ. މަސްކޮޅު މަޑުވުމުން ނަގާފައި އެއްޗަކަށް އަޅައިލުން. ތެއްޔެއްގައި ދެ މޭޒުމަތީސަމުސާ ތެޔޮ ހޫނު ކުރުމަށް ފަހު، ފިޔާގެ ބާކީބައި މީރުކުރުން. ފިޔާކޮޅު މޯޅި ވުމުން، އިނގުރާއި ލޮނުމެދު އެޅުން. ރަނގަޅަށް އެއްކޮށްލުމަށް ފަހު ހަވާދު އެޅުން. ހަވާދުކޮޅުގެ ތެރެއަށް އެއް ޖޯޑު ފެނާއި އެއް ޖޯޑު ކާށިކިރު އެޅުން. ކެކެން ފެށީމައި މަސްޓަޑް ކިރީމު އެޅުން. ރަނގަޅަށް އެއްކޮށްލާފައި ގެރިމަސްކޮޅު އަޅައިފައި، އޭގެ ތެރެއަށް ދެ ޖޯޑު ފެން އަޅައިފައި ކައްކައިލުން. ރަނގަޅަށް ބޮކިޖަހައި ކެކެން ފެށުމުން، ކުރިން ތައްޔާރުކުރި ކިރުޖޯޑު ރިހަފޮދު ތެރެއަށް އަޅައިލުން. ހިކަނދިފަތާއި ރާނބާފަތް އަޅައިފައި ލޮނު ހެޔޮވަރު ކުރުން.

ބަތް، ރޮށި، ފަރާޓާއާ އެއްކޮށް ވެސް މި ރިހަ ވަރަށް މީރުވާނެ. އެންމެ މީރު ވާނީ ރީނދޫބަތާ (ކުރިން ގެނެސްދީފައި ވާނެ) އެއްކޮށް.

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.