ހުޅުމާލޭގެ ކުޑަކުދިންގެ ހިޔާ އަށް އެލައިޑުން 30،000ރ. ގެ ސާމާނު ހަދިޔާ ކޮށްފި
ހުޅުމާލޭގެ ކުޑަކުދިންގެ ހިޔާ އަށް އެލައިޑުން 30،000ރ. ގެ ސާމާނު ހަދިޔާ ކޮށްފި

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" އަށް އެލައިޑް އިންޝުއަރެންސް އިން 30،000ރ. ގެ ސާމާނު މިއަދު ހަދިޔާކޮށްފި އެވެ.

މިއަދު ފާހަގަކުރަމުން އަންނަ މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން، ކުޑަކުދިންގެ ހިޔާ އަށް އެލައިޑުން ހަދިޔާކުރީ ކެއުން ބުއިމަށް ބޭނުންކުރާ ތަކެއްޗާއި ބަދިގެ ސާމާނާއި އިލެކްޓްރޯނިކްސް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެލައިޑްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތަކެތި ހަވާލުކޮށްދެއްވީ އެލައިޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް އެވެ. ފިޔަވަތީގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ އެތަނުގެ ސީއީއޯ ފާތުމަތު ޝިޔާމާ އެވެ.

މި ރަސްމިއްޔާތުގައި އަމީލް ވިދާޅުވީ ކުޑަކުދިންގެ ހިޔާ އަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ.

އަމީލް ވިދާޅުވީ ރާއްޖޭގެ އެހެން ކުންފުނިތަކުން ވެސް މުޖުތަމައުގެ އެހީ އަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ގައުމީ ޒިންމާއެއް ކަމުގައި ބަލައިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.