ފްރާންސްގައި ޔޫރޯ ކުޅޭއިރު ބެންޒެމާ ރާއްޖޭގައި
ފްރާންސްގައި ޔޫރޯ ކުޅޭއިރު ބެންޒެމާ ރާއްޖޭގައި

އަހުލާގީ މައްސަލައަކާ ހެދި، ޔޫރޯގައި ވާދަކުރާ ފްރާންސް ގައުމީ ޓީމުން ޖާގަ ގެއްލިފައިވާ ރެއާލް މެޑްރިޑުގެ ފޯވާޑް ކަރިމް ބެންޒެމާ ޗުއްޓީ ހޭދަކުރަން ރާއްޖެ އަތުވެއްޖެ އެވެ.

ފްރާންސްގައި ޔޫރޯ ކުޅޭއިރު ބެންޒެމާ ރާއްޖޭގައި
ފްރާންސްގައި ޔޫރޯ ކުޅޭއިރު ބެންޒެމާ ރާއްޖޭގައި

ރާއްޖެ އައިސް އޭނާ ފުރަތަމަ ވެސް އިންސްޓްގްރަމް ކުރީ ކާން އިން ފޮޓޯއެކެވެ. ބޮޑު ސުފުރާއެއްގެ މަތީ އޭނާ އިނީ ހާރުކާން ކަމަށް ބެލެވެ އެވެ. ބެންޒެމާ އަކީ އަލްޖީރިއާ ދަރިކޮޅުގެ މުސްލިމެކެވެ.

ބެންޒެމާ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެމިރޭޓްސްގެ ފަސްޓް ކްލާސް ކެބިންގައި އިނދެ އޭނާ ނަގާފައިވަ ފޮޓޯއެއް ވަނީ އިންސްޓްގްރަމްކޮށްފަ އެވެ.

ފްރާންސުގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު އެއް ފޯވާޑަށް ފްރާންސް ޓީމުން ޖާގަ ނުދިނީ، އޮރިޔާން ވީޑިއޯއެއް ބޭނުންކޮށްގެން އެ ޓީމުގެ މެތިއު ވެލްބުއޭނާ ބްލެކްމެއިލް ކުރި މައްސަލަ ބަލަމުން އަންނާތީ އެވެ. ޓީމުން ޖާގަ ނުލިބުނުއިރު އޭނާ މި ފަހަރު މެޗެއް ބަލަން ވެސް ސްޓޭޑިއަމަކަށް ނުދެ އެވެ. އެކަމަކު ފްރާންސް ކުޅުނު ފުރަތަމަ މެޗު ޓީވީން ބަލަން އިން ފޮޓޯއެއް އޭނާ ވަނީ ސޯޝަލް މީޑިއާއަށް ލައިފަ އެވެ.

ބެންޒެމާގެ އިތުރުން މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ޔޫރޯގައި ވާދަކުރާ ކްރޮއޭޝިއާ ޓީމުން ޖާގަ ނުލިބުނު ޑެއާން ލޮވްރެން އާއި ރެއާލް މެޑްރިޑުގެ ޖެސޭ ރޮޑްރިގޭޒް ހިމެނެ އެވެ. މީގެ އިތުރުން ޗެލްސީގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އާއި ކުރީގެ ފޯވާޑް ސޮލަމަން ކަލޫގެ އިތުރުން ބްރެޒިލާއި ޕީއެސްޖީގެ ޑިފެންޑަރު ތިއާގޯ ސިލްވާ ވެސް ވަނީ މި ފަހަރުގެ ހޫނު މޫސުމުގެ ޗުއްޓީ ރާއްޖޭގައި ހޭދަކޮށްފަ އެވެ.