09 މެއި 2017 - 20:09

ދިރާގުން މޯލްޑިވިއަން އައިޑަލް ސީޒަން 2 އަށް ހާއްސަ ވައިބާ ސްޓިކާތަކެއް މިއަދު ތައާރަފްކޮށްފި އެވެ.
ޓީވީއެމް އިން ދައްކާ ރިއަލިޓީ ޝޯ "މޯލްޑިވިއަން އައިޑަލް"ގެ މެއިން ސްޕޮންސަރަކީ ވެސް ދިރާގެވެ.
ދިރާގުން މިއަދު ތައާރަފްކުރި ވައިބާ ސްޓިކާގައި އެ ޝޯގައި އާއްމުކޮށް ބޭނުންކުރާ ބައެއް ބަސްތަކާއި ޕްރެޒެންޓަރުންގެ ކުރެހުން ހިމެނޭ ސްޓިކާ ވެސް ހިމަނާފައިވެ އެވެ. އެގޮތުން "ހަމަ ކޮސްވެއްޖެ"، އޮބިނެސް ޓު ދަ މެކްސް"، ލައްވާލީމަ ފޯ ޖީ"، "މަހައްދޭ ބަލަ" ފަދަ ބަސްތައް ހިމަނާފައިވެ އެވެ.
އެ ސްޓިކާތަކުގައި އެ ޝޯގެ ޖަޖުންނާއި އެ ޝޯގެ ފުރަތަމަ ސީޒަންގެ ލަވަކިއުންތެރިންގެ ސްޓިކާ ވެސް ހިމެނެ އެވެ.
މުއާސަލާތީ އެންމެ ބޮޑު ކުންފުނިން ނެރުނު ސްޓިކާތައް މިހާރު ވައިބާ ބޭނުންކުރާ ފަރާތްތަކަށް ޑައުންލޯޑްކުރެވޭނެ އެވެ.