ނުކުޅެދުންތެރިކަމަކީ މި ދެމަފިރިންނަށް މައްސަލައެއް ނޫން
ނުކުޅެދުންތެރިކަމަކީ މި ދެމަފިރިންނަށް މައްސަލައެއް ނޫން

"ލޯތްބަށް އެއްވެސް އިމެއް، ދުރުމިނެއް ނޯންނާނެ އެވެ. ލޯބީގެ އޮންނާނީ ހަމައެކަނި އެންމެ މަގްސަދެކެވެ. ދެ މީހަކު އަބަދަށް އެކަކު އަނެކަކާ ގުޅުވާލުމެވެ."

ނުކުޅެދުންތެރިކަމަކީ މި ދެމަފިރިންނަށް މައްސަލައެއް ނޫން
ނުކުޅެދުންތެރިކަމަކީ މި ދެމަފިރިންނަށް މައްސަލައެއް ނޫން

މިއީ އެރިޒޯނާގެ މިންޑީ ނިސް އާއި ޝޯން ސްޓެފަންސަންގެ އާދަޔާޚިލާފު ލޯބީގެ ވާހަކަ އެވެ.

ނުކުޅެދުންތެރިކަމަކީ މި ދެމަފިރިންނަށް މައްސަލައެއް ނޫން
ނުކުޅެދުންތެރިކަމަކީ މި ދެމަފިރިންނަށް މައްސަލައެއް ނޫން

ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން ނުކުޅެދުންތެރިކަމެއް ހުރި މީހަކު އެފަދަ އެއްވެސް ނުކުޅެދުންތެރިކަމެއް ނެތް މީހަކު ކައިވެނި ކޮށްފި ނަމަ ގިނަ ބައެއްގެ ހިތުގައި ޝައްކާއި ވަހުމު އުފެދެ އެވެ. އަދި ބައެއް ފަހަރަށް އެމީހަކާ މެދު ބޮޑެތި ތުހުމަތުތައް ވެސް ކުރެ އެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އުފެދުމުގައި ބޮޑެތި އައިބުތައް ހުންނަ މީހަކާ އެފަދަ އައިބެއް ނެތި މުޅިން ފުރިހަމައަށް ހުރި މީހަކު ކައިވެނި ކުރުމަކީ ސުވާލު އުފެދޭނެ ކަމެކެވެ.

އެރިޒޯނާ އަށް އުފަން މިންޑީ ނިސް ވަނީ ސާބިތު ކޮށްދީފަ އެވެ. އޭނާގެ އުފާވެރި ޒަވާޖީ ހަޔާތުގެ ބައިވެރިޔަކީ އިސްކޮޅުން އެންމެ ދެ ފޫޓު ހުރި ޝޯން ސްޓެފެންސަން އެވެ. މި ދެމަފިރިން ފުރަތަމަ ބައްދަލުވީ 2009 ވަނަ އަހަރު އެ ދެ މީހުންގެ ގާތް އެކުވެރިންތަކެއް ފަރާތުންނެވެ. އަދި ސެޕްޓެމްބަރު 14، 2012 ގައި ކައިވެނިކުރި އެވެ. އަދި އެއަށްފަހު މިންޑީ ވަނީ ފިރިމީހާއާ އެކު ޗިކާގޯ އަށް ބަދަލުވެފަ އެވެ.

ދެ މީހުން ކައިވެނިކޮށްގެން ކިތަންމެ އުފަލުގައި ދިރިއުޅުނަސް އެމީހުންނަށް މަލާމާތާއި ފުރައްސާރަ ރައްދުވެ އެވެ. ޚާއްސަކޮށް، އިންޓަނެޓްގައި އެމީހުންނާ ދިމާލަށް ހަޑި ހުތުރު އެއްޗެހި ކިޔާ މީހުން ވަރަށް ގިނަ އެވެ. އެފަދަ ގިނަ ބަޔަކަށް ހީވަނީ ޝޯން، 35، އަށް އޭނާގެ އިސްކޮޅުގެ ކުރުކަމުން އަނބިމީހާގެ ހިތްހަމަޖައްސައި ނުދެވޭނެ ކަމަށެވެ. އަދި މިންޑީ އުޅެނީ ޝޯންގެ ފައިސާ އަށް ދަހިވެތިވެގެން ކަމަށް އެމީހުން ބުނެ އެވެ.

ނަމަވެސް މިންޑީ، 36، ބުނަނީ އެއިން އެއްވެސް ވާހަކައެއްގައި ހަގީގަތެއް ނެތް ކަމަށެވެ.

"އަހަރެން ބުނަނީ އަހަރެމެން ދެ މީހުންނަށް ލޯބި ވެވުނީކީ ފުރަތަމަ ނަޒަރަކުން ނޫނޭ. އަދި ޝޯން އަކީ އަހަރެންގެ ހަޔާތަށް އައި އެންމެ ރަނގަޅު ބައިވެރިޔާއޭ. އަހަރެންގެ ފިރިމީހާއަށް އަހަރެން އެދޭ ކަންތައްތައް ކޮށް ނުދެވޭނެކަމަށް ބުނެވާހަކަ ދައްކާ މީހުންނަށް އަހަރެން ބުނަން އޮތީ އެއީ އެއްވެސް މީހަކާ ބެހޭ ކަމެއް ނޫނޭ،" މިންޑީ ބުންޏެވެ.

މިންޑީ ބުނާ ގޮތުގައި ފިރިމީހާގެ ހުރި ނުކުޅެދުންތެރިކަމާއެކު ވެސް އެމީހުންގެ ޒަވާޖީ ހަޔާތް ވަރަށް އުފާވެރި އެވެ. އާދައިގެ މީހަކާ އެކު ދިރިއުޅޭ އުޅުމަށް ވުރެ ޝޯންއާ އެކު ދިރިއުޅުން ތަފާތު ނަމަވެސް ހިތްހަމަޖެހޭ ކަމަށް މިންޑީ ބުންޏެވެ.