ސައުތު ކޮރެއާގައި އާ ރައީސަކު ހޮވަނީ
ސައުތު ކޮރެއާގައި އާ ރައީސަކު ހޮވަނީ

ސޯލް (މެއި 9) - ސައުތު ކޮރެއާގައި އާ ރައީސަކު ހޮވަން މިއަދު ވޯޓުލާން ފަށައިފި އެވެ.

ސައުތު ކޮރެއާގައި އާ ރައީސަކު ހޮވަނީ
ސައުތު ކޮރެއާގައި އާ ރައީސަކު ހޮވަނީ

ކޮރަޕްޝަނުގެ ކުށުގައި ކުރީގެ ރައީސް ޕާކް ގުއެން-ހައި މަގާމުން ދުރުކުރި ފަހުން އާ ވެރިއަކު ހޮވުމަށް އެ ގައުމުގައި ބާއްވާ އިންތިޚާބުގެ ކުރީގައި އުޅޭ ކަމަށް ޚިޔާލު ހޯދުންތަކުން ދައްކަނީ މޫން ޖައި-އިންނެވެ. އިންތިޚާބުގައި 13 ކެންޑިޑޭޓުން ވާދަކުރެ އެވެ.

އޮބްޒާވަރުން ބުނީ އިންތިޚާބުގައި ގިނަ ބަޔަކު ވޯޓުލާނެ ކަމަށެވެ. މެންދުރާ ހަމައަށް ވަނީ ދެބައިކުޅަ އެއްބައި މީހުން ވޯޓުދީފަ އެވެ. އިންތިޚާބުގައި ވޯޓުލުން މިރޭ ނިމުމުން މާ ގިނައިރެއް ނުވެ ނަތީޖާ އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.

ސައުތު ކޮރެއާގައި އިންތިޚާބު ބާއްވާ އިރު ނޯތު ކޮރެއާއާ އެކު އޮތް ގުޅުން ވަނީ ހީނަރުވެފަ އެވެ. ނަމަވެސް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް މޫން ވަނީ ނޯތު ކޮރެއާއާ އެކު މަޝްވަރާތައް ފެށުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ. އަދި ނޯތު ކޮރެއާގެ މައްސަލަ ފިނިކުރުމަށް އޭނާ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ސައުތު ކޮރެއާގައި އާ އިންތިޚާބެއް ބާއްވަން ޖެހުނީ އެ ގައުމުގެ ފުރަތަމަ އަންހެން ރައީސާ ޕާކުގެ ކޮރަޕްޝަނުގެ މައްސަލަތައް ފަޅާ އަރާ، ޕާލަމެންޓުން އެކަމަނާއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުންނެވެ. އެކަމަނާގެ މައްޗަށް މިހާރު ވަނީ ރިޝްވަތު ނެގި ކަމުގެ ދައުވާ އުފުލައިފަ އެވެ.

ސައުތު ކޮރެއާގައި 2012 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ޕާކްއާ އެންމެ ގާތުން ވާދަކުރައްވާފައި ވަނީ ވެސް މޫން އެވެ.