ދަރިވަރަކު ދަމާފައި ގެންދިޔަ ޓީޗަރު ވަކިކޮށްފި
ދަރިވަރަކު ދަމާފައި ގެންދިޔަ ޓީޗަރު ވަކިކޮށްފި

އޮހާޔޯ (މެއި 8) - އެމެރިކާގެ އޮހާޔޯ ސްޓޭޓުގެ ޕްރީ ސްކޫލް ޓީޗަރަކު ދަރިވަރެއްގެ އަތުގައި ހިފާ ބިންމަތީގައި ދަމާފައި ގެންދިޔަ މައްސަލަ ބޮޑުވެ އެންމެ ފަހުން އެ ޓީޗަރު ވަޒީފާ އިން ވަކިކޮށްފި އެވެ.

ގާތްގަނޑަކަށް 845 ކުދިން ކިޔަވާ ސްކޫލުގައި ތިބެނީ މުޅިން ވެސް ފަސް އަހަރުން ދަށުގެ ކުދިން ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފައިވެ އެވެ. ޔަންގްސްޓައުން ސިޓީ ސްކޫލުން ބުނީ ޓީޗަރަކު، ދަރިވަރަކު ދަމާފައި ގެންދިޔަ މަންޒަރު އެހެން ޓީޗަރަކަށް ފެނިގެން އެ ތަން ވަނީ ފޮޓޯ ނަގާފައި ކަމަށެވެ. ދަރިވަރު ދަމާފައި ގެންދިޔައީ ކީއްވެ ކަމެއް ނޭނގޭ ކަމަށް ސްކޫލުން ބުންޏެވެ.

ސްކޫލް ހިންގާ އަލްތާ ކެއާ ގްރޫޕުން ބުނީ ދަރިވަރު ދަމާފައި ގެންދިޔަ ޓީޗަރު ދެން ވަޒީފާ އަށް ނުނިކުތުމަށް އަންގާފައިވާ ކަމަށެވެ. އަދި އެންމެ މީހެއްގެ ސަބަބުން ސްކޫލުގެ ނަމަށް ހުތުރެއް ލިބެން ބޭނުން ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ސްކޫލުގެ ދަރިވަރުންގެ ބެލެނިވެރިންގެ ކިބައިން އަލްތާ ކެއާ އިން ވަނީ މައާފަށް އެދިފަ އެވެ.