އަލީމަށް ކުރި ޖޫރިމަނާ ދައްކަން 85،000ރ. ގެ ވަކިލާރި ހިފައިގެން ކޯޓަށް!
އަލީމަށް ކުރި ޖޫރިމަނާ ދައްކަން 85،000ރ. ގެ ވަކިލާރި ހިފައިގެން ކޯޓަށް!

ކޯޓު ހުރުމަތް ކެނޑިކަން ސާބިތުވެގެން ކުރީގެ ރައީސް މައުމޫން ފެކްޝަންގެ ސެކެޓްރީ ޖެނެރަލް އަބްދުލް އަލީމް 85،000ރ. އިން ކުރި ޖޫރިމަނާ ވަކިލާރިން ދައްކަން މިއަދު ސިވިލް ކޯޓަށް ވަޑައިގެންފި އެވެ.

އަލީމަށް ކުރި ޖޫރިމަނާ ދައްކަން 85،000ރ. ގެ ވަކިލާރި ހިފައިގެން ކޯޓަށް!
އަލީމަށް ކުރި ޖޫރިމަނާ ދައްކަން 85،000ރ. ގެ ވަކިލާރި ހިފައިގެން ކޯޓަށް!

އަލީމަށް އެ ޖޫރިމަނާ އައީ ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށް އެ ކޯޓުން މިދިޔަ އަހަރު ކުރި ހުކުމާ ޚިލާފަށް އަމަލްކުރެއްވި ކަން ސާބިތުވެގެންނެވެ. ކޯޓުގެ ހުކުމުގައި އަލީމަށް އަންގާފައި އޮތީ 10 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށެވެ.

ކޯޓުތަކުން ކުރާ ޖޫރިމަނާ ދައްކަން ޖެހެނީ އެ ކޯޓަކަށް ކަމަށް ވާތީ ސިވިލް ކޯޓަށް އޭނާ ވަޑައިގަތީ ވަކިލާރިން 85،000ރ. ހަމަކޮށް، ކޮތަޅުތަކަށް އަޅައިގެންނެވެ. އަލީމާ އެކު މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް ވެސް ކޯޓަށް ވަޑައިގަތެވެ.

އަލީމް އަދިވެސް ހުންނެވީ ކޯޓުގަ އެވެ. އެ ފައިސާ ބަލައިގަތުމާ މެދު ކޯޓުން އަދި އެއްޗެއް ނާންގަ އެވެ.