ބްރެޑްލީ ކޫޕާ ޑައިރެކްޝަނަށް، ބަތަލާއަކަށް ލޭޑީ ގާގާ
ބްރެޑްލީ ކޫޕާ ޑައިރެކްޝަނަށް، ބަތަލާއަކަށް ލޭޑީ ގާގާ

އޮސްކާ އަށް ހަތަރު ފަހަރެއްގެ މަތިން ނޮމިނޭޓްވެފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރެޑްލީ ކޫޕާ އޭނާގެ ފުރަތަމަ ޑައިރެކްޝަނަށް ތައްޔާރުވެއްޖެ އެވެ.

ބްރެޑްލީ ކޫޕާ ޑައިރެކްޝަނަށް، ބަތަލާއަކަށް ލޭޑީ ގާގާ
ބްރެޑްލީ ކޫޕާ ޑައިރެކްޝަނަށް، ބަތަލާއަކަށް ލޭޑީ ގާގާ

"ސިލްވަ ލައިނިންސް ޕްލޭބުކް" އާއި "ހޭންގްއޯވަ" އަދި "އެމެރިކަން ސްނައިޕާ" ފަދަ ފިލްމްތައް ކުޅެފައިވާ ކޫޕާ ޑައިރެކްޝަނަށް ނިކުންނަނީ ރިމެކިންއަކާ އެކުގަ އެވެ. އެއީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ސިނަމާ އަށް އައިސްފައިވާ "އަ ސްޓާ އިޒް ބޯން" އެވެ.

މި ފިލްމް ތިން ވަނަ ފަހަރަށް ސްކްރީނަށް ގެންނަން ކޫޕާ މަސައްކަތް ކުރަމުން އަންނަ އިރު، ފިލްމުގެ ބަތަލާއަކަށް މަޝްހޫރު ލަވަ ކިއުންތެރިޔާ ލޭޑީ ގާގާ އާ އަންނަނީ ވާހަތަކެއް ދެކެވެމުންނެވެ.

ލަވަ ކިއުންތެރިއެއްގެ ގޮތުގައި ބޮޑަށް މަޝްހޫރަސް ގާގާއަކީ ސްްކްރީނަށް އާ ތަރިއެއް ނޫނެވެ. އޭނާ މީގެ ކުރިން ވަނީ "މެޝެޓް" އާއި "ސިން ސިޓީ: އަ ޑޭމް ޓް ކިލް ފޮ" އަދި "އެމެރިކަން ހޮރޯ ސްޓޯރީ: ހޮޓެލް" ފަދަ ފްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފަ އެވެ.

ހޮލީވުޑްގެ އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ފިލްމާ ގުޅޭ ގޮތުން ކޫޕާ، 41، ވަނީ ގާގާ އާ ބައްދަލު ވެސްކޮށްފަ އެވެ. އަދި ފިލްމުން އޭނާ ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށްވެ އެވެ.

ކްލިންޓް އީސްޓްވުޑާއި ޖޮން ޕީޓާސް ޕްރޮޑިއުސް ކުރާ "އަ ސްޓާ އިޒް ބޯން" ޑައިރެކްޓް ކުރުމުގެ އިތުރަށް ފިލްމުގެ ބަތަލުގެ ރޯލުން ވެސް ކޫޕާ ފެނިގެން ދާނެ އެވެ.

އެހެން ނަމަވެސް ވާނާ ބްރަދާސް އިން ޑިސްޓްރިބިއުޓް ކުރާ ފިލްމުގެ ކާސްޓާ ބެހޭ ގޮތުން މިހާތަނަށް މާ ބޮޑު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

އަރަމުން އަންނަ ޒުވާން ބަތަލާއެއްގެ އެހީގައި އޮއްސެމުން ދިިޔަ އެކްޓަރެއްގެ ކެރިއާ ބިނާ ކުރަން ކުރާ މަސައްކަތް ދައްކުވައިދޭ "އަ ސްޓާ އިޒް ބޯން" އެންމެ ފުރަތަމަ ސްކްރީނަށް އައީ 1954 އެވެ.

ޖޯޖް ކުކޯ ޑައިރެކްޓް ކުރި ފިލްމުގައި ލީޑް ރޯލް ކުޅުނީ ޖޫޑީ ގާލަންޑާއި ޖޭމްސް މޭސަން އެވެ.

"އަ ސްޓާ އިޒް" ބޯން ދެވަނަ ފަހަރަށް ސްކްރީނަށް އައީ ފްރޭންކް ޕިއާސަން ޑައިރެކްޓްކޮށް، ބާބްރާ ސްޓްރެއިސެންޑާއި ކްރިސް ކްރިސްޓޮފާސަންގެ ޖޯޑާ އެކުގަ އެވެ. އެއީ 1976 ގަ އެވެ.