06 މެއި 2017 - 12:09

ވޮޝިންޓަން (މެއި 6) - އެތައް މިލިއަން ބަޔަކު ފޮލޯ ކުރަމުން އަންނަ އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކަންޔޭ ވެސްޓުގެ ޓްވިޓާ އާއި އިންސްޓަގްރާމް އެކައުންޓް ޑިލީޓްކޮށްލުމަށް ފަހު ސޯޝަލް މިޑީއާ އިން އޭނާ ގެއްލިއްޖެ އެވެ.
ކަންޔޭ ވެސްޓުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ޑިލީޓްކުރި ސަބަބެއް ނޭނގެ އެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ވަނީ އޭނާ އަށް ސިއްހީ މައްސަލައެއް ދިމާވެ، ކުރިއަށް ގެންދިޔަ މިއުޒިކް ޓުއާ ކުރުކޮށްލައިފަ އެވެ. ޓްވިޓާ އިން 27 މިލިއަން މީހުން ކަންޔޭ ފޮލޯ ކުރެ އެވެ.
ކަންޔޭ ސޯޝަލް މީޑިއާ ބޭނުން ނުކުރި ނަމަވެސް އޭނާގެ އަންހެނުން އަދި މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަން ސޯޝަލް މީޑިއާ ބޭނުން ކުރެ އެވެ. ޓްވިޓާ އިން 51 މިލިއަން މީހުން އޭނާ ފޮލޯ ކުރެ އެވެ.
ކަންޔޭގެ އެކައުންޓްތައް ޑިލީޓްކުރި ފަހުން ކާޑޭޝިއަން ޓްވީޓްކޮށްފައި ވަނީ ކަންޔޭ އުޅެނީ އެ މީހުންގެ ފެޝަން ބްރޭންޑް ޕްރޮމޯޓް ކުރަން ކަމަށެވެ.
ކަންޔޭ އަށް ސިއްހީ މައްސަލައެއް ދިމާވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނު އިރު މިދިޔަ އޮކްޓޯބަރު މަހު ޕެރިހުގެ ހޮޓަލެއްގެ ތެރޭން ވަނީ ކާޑޭޝިއަން އަށް ބިރު ދައްކާ 10 މިލިއަން ޑޮލަރުގެ ތަކެތި ފޭރިގެންފަ އެވެ.