05 މެއި 2017 - 22:07

އައްޑު އަތޮޅުގައި ހިންގަމުން އަންނަ ޝަންގްރިއްލާ ވިލިނގިލީ ރިސޯޓުގެ ކޮޓަރިއެއް ތެރޭ އަންހެން ޓޫރިސްޓަކު މަރުވެފައި އޮއްވާ މިރޭ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަރުވެފައި އޮތް ޓޫރިސްޓަކު ފެނިގެން ރިސޯޓުން ފުލުހުންނަށް އެންގީ މިރޭ 7:17 ހާއިރު ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައްޑޫގައި ހިންގާ ފަސް ތަރީގެ ޝަންގްރިއްލާގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ އުމުރަކީ 30 އަހަރެވެ. އޭނާ ރާއްޖެ އައިސް އުޅުނީ ފިރިމީހާއާ އެކުގަ އެވެ. އެކަމަކު އޭނާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.