05 މެއި 2017 - 06:57

ކެމްބޯޑިއާގައި، ފިރިމީހާއާ ކުރި ޒުވާބެއްގައި އޭނާއަށް ފޮރުވަން އަންހެނަކު 7،000 ޑޮލަރު ދިރުވާލައިފި އެވެ.
އުމުރުން 30 އަހަރުގެ މި އަންހެންމީހާ ދިރުވާލީ އޮޅާލާފައި އޮތް 100 ޑޮލަރުގެ ބޮނޑިއެއް ކަމަށް ސާޖަރީ ހަދައިގެން އޭނާގެ ހަށިގަނޑުން އެ ޑޮލަރުތައް ނެގި ޑޮކްޓަރުންނާ ހަވާލާދީ އިނގިރޭސި ވިލާތުގެ "ދަ މިރާ" ނޫހުން ބުންޏެވެ.
މި އަންހެންމީހާ ކެމްބޯޑިއާގެ އާރްސީއެން ޓެލެވިޒަން ޗެނަލް އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ދިރުވާލި
ފައިސާ އަކީ ފިރިމީހާއާ އެކު ޗުއްޓީ ހޭދަކުރަން ދާން ޖަމާކޮށްފައި ހުރި އެއްޗެއް ކަމަށެވެ. އަދި ފައިސާ ހޯދީ ގޭގައި ހުރި ކަރަންޓް ބައެއް ސާމާނު ވިއްކައިގެން ކަމަށް ވެސް ބުންޏެވެ.
ޑޮކްޓަރުން ބުނި ގޮތުގައި ސާޖަރީ ހަދައިގެން ގޮހޮރާއި ބަނޑުތެރޭން 100 ޑޮލަރުގެ 57 ނޫޓު ވަނީ ނަގައިފަ އެވެ.
ޖުއަން ޕައުލޯ ސެރާނޯގެ ޔުނިވަސިޓީ ހޮސްޕިޓަލް އޮފް ސަންޓަންޑާގެ ޑައިރެކްޓަރު އޮފް ސާޖަރީ ވިދާޅުވި ގޮތުގައި އަންހެންމީހާގެ ބަނޑުން ނެގި ޑޮލަރުތަކުގެ ތެރެއިން ބޮޑު ބައެއް ނެގީ ގެސްޓްރޮނޮމީއެއް ހަދައިގެން ބަނޑުގެ ތެރެއިންނެވެ. އިތުރު ރޯލުތަކެއް ކުޑަ ގޮހޮރަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.