ކޯސްޓްލައިންގެ "ފިނޮޅު" ރިސޯޓް ހުޅުވައިފި
ކޯސްޓްލައިންގެ "ފިނޮޅު" ރިސޯޓް ހުޅުވައިފި

ކޯސްޓްލައިން ހޮޓެލްސް އިން ބ. ކަނިފުށީގައި ތަރައްގީކުރި "ފިނޮޅު" ރިސޯޓް އިިއްޔެ ހުޅުވައިފި އެވެ.

ކޯސްޓްލައިންގެ "ފިނޮޅު" ރިސޯޓް ހުޅުވައިފި
ކޯސްޓްލައިންގެ "ފިނޮޅު" ރިސޯޓް ހުޅުވައިފި

ދަރަވަންދޫ އެއާޕޯޓުން ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ހިތްގައިމު ރިސޯޓުގައި ތަފާތު ހަ ވައްތަރުގެ 125 ކޮޓަރި ނުވަތަ ވިލާ ހިމެނެ އެވެ. އޭގެ ތެރޭގައި އެއް ކޮޓަރި އަދި ދެ ކޮޓަރީގެ ކޮޓަރިތައް ހުރެ އެވެ.

ކޯސްޓްލައިންގެ "ފިނޮޅު" ރިސޯޓް ހުޅުވައިފި
ކޯސްޓްލައިންގެ "ފިނޮޅު" ރިސޯޓް ހުޅުވައިފި

އެ ރަށުގައި ހުންނަ ކޮޓަރިތަކަކީ ލެގޫން ވިލާ އާއި އޯޝަން ޕޫލް ވިލާ، ބީޗް ވިލާ، ބީޗް ޕޫލް ވިލާ، ދެ ކޮޓަރީގެ އޯޝަން ލެގޫން ޕޫލް ވިލާ އަދި ދެ ކޮޓަރީގެ ބީޗް ޕޫލް ވިލާ ހިމެނެ އެވެ.

އެންމެ މަތީފެންވަރުގެ ރިސޯޓްގައި ހިތްހަމަޖައްސާލަން ހާއްސަ އޭރިއާގައި ފިޓްނެސް ސެންޓަރަކާއި ޔޯގާ ޕެވިލިއަންއެއް އަދި އައުޓް ޑޯ ޖިމްއެއް ހުރެ އެވެ. އޭގެ އިތުރުން ވޯޓާ ސްޕޯޓްސް އަދި ޑައިވް ސެންޓަރެއް ވެސް ފިނޮޅު ރިސޯޓްގައި ހުރެ އެވެ. އަދި ތަފާތު ރަހަތަކުގެ ކެއުމުން ބުއިމުގެ ހިދުމަތްދޭ ރެސްޓޯރަންޓް އަދި ބާ ވެސް އެ ރަށުގައި ހުރެ އެވެ.

ކޯސްޓްލައިން އިން އެ އަތޮޅުގައި "އަމިއްލަފުށި"ގެ ނަމުގައި ވެސް މަތީ ފެންވަރުގެ ރިސޯޓެއް ހިންގަމުން އެބަދެ އެވެ.