"ދަ ޑާކް ޓަވާ"ގެ ފުރަތަމަ ޓްރެއިލާގައި މެތިއު އާއި އިދްރިސްގެ ކުރިމަތިލުމެއް
"ދަ ޑާކް ޓަވާ"ގެ ފުރަތަމަ ޓްރެއިލާގައި މެތިއު އާއި އިދްރިސްގެ ކުރިމަތިލުމެއް

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ސްޓެފަން ކިންގްގެ ވާހަކަ ސީރީޒް "ދަ ޑާކް ޓަވާ" އަސްލަކަށް ބަލައިގެން ހަމަ އެ ނަމުގައި ހަދާފައިވާ ފެންޓަސީ ބިރުވެރި ފިލްމްގެ ފުރަތަމަ ޓްރެއިލާ ދައްކާލައި އެވެ.

އިދްރީސް އެލްބާ އާއި މެތިއު މެކޮނޮހީ މުހިއްމު ރޯލްތަކުން ފެނިގެންދާ ފުރަތަމަ ޓްރެއިލާއަކީ ބެލުންތެރިންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ލިބޭ ގޮތަށް ކޮށައިމަށާފައިވާ ޓްރެއިލާއެކެވެ. މީގެ ހައިލަޓަކީ އިދްރިސް އާއި މެތިއުގެ ކުރިމަތިލުންތަކެވެ.

ނިކޮލަޖް އާސެލް ޑައިރެކްޓްކޮށްފައިވާ "ދަ ޑާކް ޓަވާ" ސިނަމާތަކަށް އަންނާނީ އަންނަ ޖުލައި މަހުގެ 28 ގަ އެވެ.

މި ފިލްމަކީ ސްޓެފަން ކިންގްގެ ވާހަކައަކަށް ހަދާފައިވާ ފިލްމަކަށްވާތީ، ފިލްމަށް ދެވޭ ހާއްސަކަން ވެސް ބޮޑެވެ. މަޝްހޫރު އެތައް ވާހަކައެއް ލިޔެ، އޭނާގެ ބައެއް ވާހަތަކަށް މިހާތަނަށް ފިލްމް ވެސް ހަދާފައިވާ ލިޔުންތެރިޔާގެ "ދަ ޑާކް ޓަވާ" އަކީ އަށް ވާހަކައިގެ މައްޗަށް ހިމެނޭ ސިލްސިލާއެކެވެ.

މި ފިލްމް ޑައިރެކްޓްކޮށްފައިވާ ނިކޮލަޖް މިހާތަނަށް މާ ގިނަ ފިލްމެއް ޑައިރެކްޓްކޮށްފައި ނެތަސް، "ދަ ޓަވާ" އިން އޭނާގެ ކުޅަދާނަކަން ވަރަށް ބޮޑަށް ފެނިގެން ދާނެ ކަމަށް ގަބޫލު ކުރެވެ އެވެ. އެ ޓްރެއިލާ އިން މަންޒަރު ދައްކުވައިދެ އެވެ.

އޭނާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ލިޔެ، ޑައިރެކްޓް ކުރި ދަ ރޯޔަލް އެފެއާ (2012) އާއި ޓްރުތު އެބައުޓް މެން (2010) ހިމެނެ އެވެ.

ނިކޮލަކް ސްކްރީންޕްލޭ ލިޔެފައިވާ އެންމެ މަޝްހޫރު އެއް ފިލްމަކީ 2009 ގައި ރިލީޒް ކުރި "ދަ ގާލް ވިތު ޑްރެގަން ޓެޓޫ" އެވެ.

ފަސްދޮޅަސް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "ދަ ޑާކް ޓަވާ" ގެ އެއް ސްކްރީން ރައިޓަރަކީ ވެސް ނިކޮލަޖެވެ.