ވެލިގާ ހާޑްވެއާގެ ރޯދަ ޕްރޮމޯޝަން ފަށައިފި
ވެލިގާ ހާޑްވެއާގެ ރޯދަ ޕްރޮމޯޝަން ފަށައިފި

ވެލިގާ ހާޑްވެއާ އިން އަގު ހުރި އިނާމުތަކާ އެކު، މި އަހަރުގެ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

ވެލިގާ ހާޑްވެއާގެ ރޯދަ ޕްރޮމޯޝަން ފަށައިފި
ވެލިގާ ހާޑްވެއާގެ ރޯދަ ޕްރޮމޯޝަން ފަށައިފި

މި ޕްރޮމޯޝަނުގައި ދޫކުރާ ކޫޕަން ލިބޭ މީހުންގެ ތެރެއިން ތިން މީހަކަށް ޖުމްލަ 35،000ރ ގެ އަގުހުރި ވައުޗާ ލިބޭނެ ކަމަށް ވެލިގާ ހާޑްވެއާ އިން ބުންޏެވެ.

ގުރުލައިގެން އެއްވަނަ އަށް ހޮވޭ މީހަކަށް 20،000ރ ގެ ވައުޗާއެއް ލިބޭނެ އެވެ. އަދި ދެވަނަ އަށް ހޮވޭ މީހަކަށް 10،000ރ ވައުޗާއެއް، ތިން ވަނަ އަށް 5،000ރ ގެ ވައުޗާއެއް ލިބޭނެ ކަމަށް ވެލިގާ އިން ބުންޏެވެ.

"ސަތޭކަ ރުފިޔާ އިން މައްޗައް ކުރާ ކޮންމެ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭނެ. ކޮންމެ ހަފުތާއެއްގައި ނަސީބުވެރިއެއް ހޮވާނަން. ހަފުތާގެ ނަސީބުވެރިޔާ އަށް ލިބޭނީ 500 ރުފިޔާގެ ވައުޗާއެއް. ބޮޑު އަގުގެ ތިން ވައުޗާ ލިބޭނީ މުޅި ޕްރޮމޯޝަންގެ ހުރިހާ ބައިވެރިން މެދު ގުރުލައިގެން،" ވެލިގާގެ ހާޑްވެއާގެ އޮފިޝަލަކު ވިދާޅުވި އެވެ.

އަންނަ މަހުގެ 10 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި، ތަންތަން ސާފުކުރުމަށް ބޭނުންވާ ސާމާނާއި ފަންކާ އާއި ލައިޓާއި ކުލަ އަދި ބަދިގެ ސާމާނުން 25 ޕަސަންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށް ވެލިގާ އިން ބުނެ އެވެ.

މަޝްހޫރު ހާޑްވެއާ ބްރޭންޑް ތަކުގެ އުފެއްދުންތައް އެތެރެ ކުރާ ވެލިގާ ހާޑްވެއާ އަކީ އާންމުންގެ އިތުބާރު ހޯދާފައިވާ ވިޔަފާރިއެކެވެ. އަދި ހާޑްވެއާގެ ވިޔަފާރީގެ ކުރީ ސަފުގައި ފާހަގަ ކޮށްލެވޭ ތަނެކެވެ.