ޔާމީންގެ މަރުގެ މައްސަލާގައި މިނިވަން، އަވަސް ތަހުގީގަށް އެދި އާއިލާ އިން ޕޮލިހަށް 800 ސިޓީ
ޔާމީންގެ މަރުގެ މައްސަލާގައި މިނިވަން، އަވަސް ތަހުގީގަށް އެދި އާއިލާ އިން ޕޮލިހަށް 800 ސިޓީ

ހަށިގަނޑު އެކި ތަންތަނަށް ހަމަލާ ދީ މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ މިނިވަންކަމާ އެކު ވީހާވެސް އަވަހަށް ތަހުގީގުކޮށްދޭން އެދި އާއިލާ އިން ފުލުސް އޮފީހަށް 800 އަށް ވުރެ ގިނަ ސިޓީ މިއަދު ހުށަހަޅައިފި އެވެ.

ޔާމީންގެ މަރުގެ މައްސަލާގައި މިނިވަން، އަވަސް ތަހުގީގަށް އެދި އާއިލާ އިން ޕޮލިހަށް 800 ސިޓީ
ޔާމީންގެ މަރުގެ މައްސަލާގައި މިނިވަން، އަވަސް ތަހުގީގަށް އެދި އާއިލާ އިން ޕޮލިހަށް 800 ސިޓީ

ޔާމީނަށް އިންސާފު ހޯދައިދޭން އެދި އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން ސޮއިކޮށްފައިވާ ސިޓީތައް ފުލުސް އޮފީހާ ހަވާލުކުރީ ޔާމީންގެ ބައްޕަ، ހުސެއިން ރަޝީދެވެ.

ޔާމީންގެ މަރުގެ މައްސަލާގައި މިނިވަން، އަވަސް ތަހުގީގަށް އެދި އާއިލާ އިން ޕޮލިހަށް 800 ސިޓީ
ޔާމީންގެ މަރުގެ މައްސަލާގައި މިނިވަން، އަވަސް ތަހުގީގަށް އެދި އާއިލާ އިން ޕޮލިހަށް 800 ސިޓީ

ފުލުހުންނާ ސިޓީތައް ހަވާލުކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުނީ އާއިލާ އިން ބޭނުންވަނީ ޔާމީންގެ މަރުގެ މައްސަލާގައި ވީހާވެސް އަވަހަށް އިންސާފު ގާއިމްވާން ކަމަށެވެ. ޔާމީންގެ މަރުގެ ތަހުގީގު އަވަސްކޮށްދިނުމުގެ އިތުރުން އެ ތަހުގީގު މިނިވަންކަމާ އެކު ކުރިއަށް ގެންދަން ބޭރުގެ އިންވެސްޓިގޭޓަރުން ބައިވެރިކުރަން އެދިފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ޔާމީންގެ މަރުގެ މައްސަލާގައި މިނިވަން، އަވަސް ތަހުގީގަށް އެދި އާއިލާ އިން ޕޮލިހަށް 800 ސިޓީ
ޔާމީންގެ މަރުގެ މައްސަލާގައި މިނިވަން، އަވަސް ތަހުގީގަށް އެދި އާއިލާ އިން ޕޮލިހަށް 800 ސިޓީ

"މިފަދަ އެކި މައްސަލަތަކުގެ ތަހުގީގުތަކުގައި ކުރިން ކަންތައް ވެފައިވާ ގޮތުން މި މައްސަލާގައި އަޅުގަނޑުމެންނަށް މާބޮޑު ހިތްހަމަޖެހުމެއް ނެތް. އެހެންވެ ބޭރުގެ އިންވެސްޓިގޭޓަރުންނާއި އެކްސްޕާޓުން ބައިވެރިކޮށްގެން ތަހުގީގު ކުރިއަށް ގެންގޮސްދެއްވާށޭ އަޅުގަނޑުމެން މިއަދު ވެސް އެދިފައިވާނެ،" ހުސެއިން ބުންޏެވެ.

އޭނާ ބުނިގޮތުގައި ޔާމީންގެ މަރުގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމުގެ މައުލޫމާތެއް މިހާތަނަށް އާއިލާއާ ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު ޔާމީންގެ މަރާލި ކަމަށް ތުހުމަތުކުރެވޭ މީހުން ހޯދަން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށް ވެސް ހުސެއިން ބުންޏެވެ.

"އަޅުގަނޑުމެންނަކީ ޔާމީންގެ އާއިލާ، މިހާރު ގާތްގަނޑަކަށް ނުވަ ވަރަކަށް ދުވަސްވެގެންދާއިރު އަޅުގަނޑުމެން ފެންނަން ބޭނުންވާ ނަތީޖާ ނުފެންނަ ކަމަށްވާ ނަމަ، އަޅުގަނޑުމެން ހިތްހަމައެއް ނުޖެހޭނެ ދެއްތޯ،" އޭނާ ބުންޏެވެ.

ޔާމީނަށް މަރުގެ އިންޒާރުތައް ދިނުމަށް ފަހު، މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ސްޕެޓިއުލާ ގޭގެ ސިޑި ކައިރީގަ އެވެ. އޭނާގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ދެނެވިއްޖެ ކަމަށް ފުލުހުން އާއްމުކުރިތާ ހަފުތާއެއްހާ ދުވަސް ފަހުން އިއްޔެ ވަނީ އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މީހާ ތަހުގީގަށް 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރު ދީފަ އެވެ.

ޔާމީން މަރާލުން ކުށްވެރިކޮށް، އޭނާގެ މަރުގެ ތަހުގީގު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދަން ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް އަންނަނީ ގޮވާލަމުންނެވެ.