މިލާ ކޫނިން އަނެއްކާ ވެސް ބަނޑު ބޮޑު
މިލާ ކޫނިން އަނެއްކާ ވެސް ބަނޑު ބޮޑު

ހޮލީވުޑްގެ މަޝްހޫރު ޒުވާން ދެމަރިފިން ކަަމަށްވާ އެސްޓަން ކުޗާ އާއި މިލާ ކޫނިއަސް އަށް އަނެއްކާ ވެސް ދަރިއަކު ލިބެން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިލާ ކޫނިން އަނެއްކާ ވެސް ބަނޑު ބޮޑު
މިލާ ކޫނިން އަނެއްކާ ވެސް ބަނޑު ބޮޑު

މިލާ ދެވަނަ ދަރިއަކަށް ބަލިވެއިންކަން އޭނާގެ ތަރުޖަމާނު ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާ ބުނީ މިލާ އާއި ކުޗާ އަށް ދެވަނަ ދަރިއަކު ލިބޭތީ ދެ ތަރިން ވެސް ތިބީ އިންތިހާ އަށް އުފަލުން ކަމަށެވެ.

ދެހާސް ސާދަ ވަނަ އަހަރު އެންގޭޖްވެ، މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ވަރަށް ސިއްރުން ކައިވެނި ކުރި ކުޗާ، 38، އާއި މިލާ، 32، ގެ ފުރަތަމަ ދަރިފުޅު ވިއަޓް އިސަބެލް އަށް މިހާރު 20 މަހެވެ.

ފުރަތަމަ ދަރިފުޅަށް ފަހު ވެސް ދަ ތަރިން ވަނީ އިތުރަށް ކުދިން ހޯދައި އާއިލާ ބޮޑު ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

"އަހަރެން ބޭނުން އިތުރަށް ކުދިން. އާއިލާއެއް އޮތުމަކީ ވަރަށް އުފާވެރި ކަމެއް. އެއީ އަމިއްލަ އެދުން ދޫކޮށްލައި އިތުރު ބަޔަކަށް އަޅާލާން ލިބޭ ވަރަށް ވަރުގަދަ ފުރުސަތެއް،" ބްލަކް ސްވޯން އާއި ފްރެންޑްސް ވިތު ބެނެފިޓްސް ފަދަ ފިލްމްތައް ކުޅެފައިވާ ބަތަލާ ބުންޏެވެ.