ޑިޒްނީގެ "ކްރިސްޓޯފާ ރޮބިން" އަށް އިވަން މެކްގްރެގާ
ޑިޒްނީގެ "ކްރިސްޓޯފާ ރޮބިން" އަށް އިވަން މެކްގްރެގާ

ޑިޒްނި ސްޓޫޑިއޯގައި މިހާރު އެންމެ ބޮޑަަށް ވައިގައި ހިފާފައި އޮތް ކަމަކީ އެ މީހުން ކުރިން ގެނެސް ދީފައި ހުރި ބައެއް އެނިމޭޓެޑް ފިލްމްތައް ލައިވް އެކްޝަން ފިލްމްތަކުގެ ގޮތުގައި ގެނެސް ދިނުމެވެ.

ޑިޒްނީގެ "ކްރިސްޓޯފާ ރޮބިން" އަށް އިވަން މެކްގްރެގާ
ޑިޒްނީގެ "ކްރިސްޓޯފާ ރޮބިން" އަށް އިވަން މެކްގްރެގާ

މި ފަހަރު މި ލިސްޓަށް އިތުރުވާ ފިލްމަކީ "ކްރިސްޓޯފާ ރޮބިން" އެވެ. މިއީ "ވިނީ ދަ ޕޫ" ގައި އުޅޭ ތަސައްރަފު ނުފުދޭ ކެރެކްޓާއް "ބޮޑުކޮށްގެން" ގެނެސްދޭ ފިލްމެކެވެ.

ފިލްމުގެ ޓައިޓްލް ރޯލް ކުޅެން "މޫލީން ރޫޖް" އާއި "ދަ ބިގް ފިޝް" ފަދަ ފިލްމްތައް ކުޅެފައިވާ އެކްޓަރު އިވަން މެކްގްރެގާ، 46، އަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.

އޭނާ ވަނީ ޑިޒްނީން އެންމެ ފަހުން ގެނެސް ދިން "ބިއުޓީ އެންޑް ދަ ބީސްޓް" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ކްރިސްޓޮފާ ރޮބިން" ގެ ސްކްރިޕްޓް ލިޔަން ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު "ހިޑެން ފިގާޒް" ލިޔެގެން އޮސްކާ އަށް ނޮމިނޭޓްވި އެލިސަން ޝްރޯޑާއާ އެވެ.

އަދި ފިލްމް ޑައިރެކްޓް ކުރާނީ "ވޯލްޑް ވާ ޒީ" އާއި "ކްއަންޓަމް އޮފް ސޮލޭސް" ގެ ޑައިރެކްޓަރު މާކް ފޮސްޓާ އެވެ.

ޑިޒްނީން "ކްރިސްޓޯފާ ރޮބިން" ސްކްރީނަސް ގެންނަ އިރު، މީގެ ޕްރޮޑިއުސަރުގެ ޒިންމާއާ ހަވާލުވެފައި ވަނީ "ދަ ޖަންގަލް ބުކް" ގެ ޕްރޮޑިއުސަރު ބްރިޙަމް ޓޭލާ އެވެ.

ޑިޒްނީން ވަނީ "އަލާއްދީން" ގެ ލައިވް އެކްޝަން ފިލްމެއް ވެސް ގެނެސް ދޭން ނިންމައިފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ރިލީޒް ކުރި "ބިއުޓީ އެންޑް ދަ ބީސްޓް" ވަނީ ބޮކްސް އޮފީހުގައި ބިިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފަ އެވެ.