ވިލާ ކޮލެޖުގެ ކޯސްތަކަށް ހޮވުނު ދަރިވަރުން ރަޖިސްޓްރީވާން މާދަމާ ހުޅުވާލަނީ
ވިލާ ކޮލެޖުގެ ކޯސްތަކަށް ހޮވުނު ދަރިވަރުން ރަޖިސްޓްރީވާން މާދަމާ ހުޅުވާލަނީ

ވިލާ ކޮލެޖުން އަންނަ މަހު ފަށާ ކޯސްތަކަށް ހޮވުނު ދަރިވަރުން އެ ކޯސްތަކަށް ރަޖިސްޓްރީވާން މާދަމާ ހުޅުވާލާނެ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.

އެ ކޮލެޖުގެ ހުރިހާ ކެމްޕަހެއްގައި މާދަމާގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 ވަންދެން ރަޖިސްޓްރީކުރުން އޮންނާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ރަޖިސްޓްރީވާން ދާއިރު، ކޯހަށް ހޮވުނުކަމުގެ ލިޔުމާއި ރަަޖިސްޓްރޭޝަން ފީ ގެންދިއުން ވަރަށް މުހިއްމު ކަމަށް ވެސް ވިލާ ކޮލެޖުން ބުންޏެވެ. އަދި ކޯހަށް ހޮވުނު ކަމުގެ ލިޔުން ނުލިބޭ ދަރިވަރުންނަށް، ވިލާ ކޮލެޖުގެ ސްޓޫޑެންޓް ޑެސްކުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް ބުންޏެވެ.

އަންނަ މަހު ތަފާތު އެކި ދާއިރާތަކުން ޖުމްލަ 54 ކޯހެއް ވިލާ ކޮލެޖުގައި ފަށާނެ އެވެ. އޭގެ ތެރޭގައި މާސްޓާސް ފެންވަރުގެ ކޯސްތަކާއި ޕޯސްޓް ގްރެޖުއޭޓް ފެންވަރާއިި ޑިގްރީ އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިމެނެ އެެވެ.

މެއި މަހުގެ ކޯސްތަކުން 1000 އަށް ވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދޭނެ އެވެ.