ނޯތު ކޮރެއާގެ ލީޑަރު ބޭނުން ވަނީ ދުނިޔެ ނިމުމަކަށް ގެންނަން: ޑުޓާޓެ
ނޯތު ކޮރެއާގެ ލީޑަރު ބޭނުން ވަނީ ދުނިޔެ ނިމުމަކަށް ގެންނަން: ޑުޓާޓެ

މެނީލާ (އެޕްރީލް 30) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން- އުން ބޭނުންވަނީ ދުނިޔޭގައިވާ ހުރިހާ އެއްޗެއް ނިމުމަކަށް ގެނެސް، ނިއުކްލިއާ ހަނގުރާމައަކަށް ދުނިޔެ ގެންދަން ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ވިދާޅުވެއްޖެ އެވެ.

ނޯތު ކޮރެއާގެ ލީޑަރު ބޭނުން ވަނީ ދުނިޔެ ނިމުމަކަށް ގެންނަން: ޑުޓާޓެ
ނޯތު ކޮރެއާގެ ލީޑަރު ބޭނުން ވަނީ ދުނިޔެ ނިމުމަކަށް ގެންނަން: ޑުޓާޓެ

އާސިއާން ސަމިޓަށް ފަހު ފިލިޕީންސްގެ ލީޑަރު ވިދާޅުވީ ނޯތު ކޮރެއާ އާއި އެމެރިކާގެ މަޝްރަހު މިހާރު ހޫނުވެފައިވާތީ ދެކުނު އިރުމަތީ އޭޝިއާ ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށެވެ. އަދި ގޯހުން އެޅޭ އެންމެ ފިޔަވަޅެއްގެ ސަބަބުން ވެސް ނަތީޖާ ވަރަށް ހިތިވާނެ ކަމަށާއި ނިއުކްލިއާ ހަނގުރާމައެއްގައި ގެއްލުން ލިބޭ ފުރަތަމަ ބަޔަކަށް ވާނީ އޭޝިއާ ކަމަށް ޑުޓާޓެ ވިދާޅުވި އެވެ. އެމެރިކާ އާއި ޖަޕާން، ސައުތު ކޮރެއާ އަދި ޖަޕާނުން ކުޅެން އެ އުޅެނީ ނުރައްކާ މީހަކަށް ކަމަށް ވިދާޅުވި އެވެ.

އާސިއަންގެ މި ދައުރުގެ ޗެއާމާނަކީ ޑުޓާޓެ އެވެ. އޭނާ ވިދާޅުވީ ނޯތު ކޮރެއާގެ ލީޑަރާ އެކު ކުރިމަތިލުމަކަށް ނުދިއުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކިބައިން އެދިވަޑައިގަންނަވާނެ ކަމަށެވެ. ޑުޓާޓެ އާއި ޓްރަމްޕް އިއްޔެ ވަނީ ފޯނުން މަޝްވަރާ ކުރައްވައިފަ އެވެ.

ނޯތު ކޮރެއާ އިން އިއްޔެ ވަނީ ބެލިސްޓިކް މިސައިލެއް ޓެސްޓް ކޮށްފަ އެވެ. އެމެރިކާ އާއި ސައުތު ކޮރެއާ އިން ބުނެފައި ވަނީ އެ މިސައިލް އުދުއްސާލިތާ ސިކުންތުކޮޅެއްގެ ތެރޭގައި ގޮވާފައިވާ ކަމަށެވެ.

އަނެއްކޮޅުން އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ކާލް ވިންސަން އިއްޔެ ވަނީ ޖަޕާން ކަނޑަށް ގޮސް ސައުތު ކޮރެއާގެ ކަނޑުގެ ސިފައިންނާ އެކު އަސްކަރީ ތަމްރީނުތަކެއް ފަށައިފަ އެވެ. ސައުތު ކޮރެއާ އިން ބުނެފައި ވަނީ މި ތަމްރީނުތަކުގެ ބޭނުމަކީ ދުޝްމަނުންގެ ބެލިސްޓިކް މިސައިލްތަކުން ދިފާއުވުމުގެ ގާބިލްކަން ހޯދުން ކަމަށެވެ.

ޑުޓާޓެ ވިދާޅުވީ ކޮރެއާ ޕެނިންސުލާގެ ހާލަތު ކޮންޓްރޯލުން ނެއްޓިގެން ނުދާނެ ގޮތަކަށް ޓްރަމްޕް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ހަނގުރާމައެއް ފެށިދާނެތީ އަޅުގަނޑު އެންމެ ކަންބޮޑު ވަނީ އެ ކަމުގެ އެންމެ ބޮޑު ގެއްލުމެއް ލިބޭނީ އޭޝިއާ އަށް ކަމަށްވާތީ. ނޯތު ކޮރެއާގެ ލީޑަރު ބޭނުން ވަނީ ދުނިޔެ ނިމުމަކަށް ގެންނަން. އަހަރެމެން އެންމެން ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ގެންދަން. އެހެންވެ، އޭނާ އެ ހުންނަނީ އެހާ ހަމަޖެހިލައިގެން،" ޑުޓާޓެ ވިދާޅުވި އެވެ.