ސަރުކާރަށް 100 ދުވަސް: ޓްރަމްޕުގެ ހަމަލާ މީޑިއާ އަށް
ސަރުކާރަށް 100 ދުވަސް: ޓްރަމްޕުގެ ހަމަލާ މީޑިއާ އަށް

ވޮޝިންޓަން (އެޕްރީލް 30) - އެމެރިކާގެ އާ ސަރުކާރަށް 100 ދުވަސް ފާހަގަ ކުރުމަށް ޕެންސިލްވޭނިއާގައި ބޭއްވި އެއްވުމެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހަމަލާތައް މީޑިއާ އަށް އަމާޒުކޮށްފި އެވެ.

ސަރުކާރަށް 100 ދުވަސް: ޓްރަމްޕުގެ ހަމަލާ މީޑިއާ އަށް
ސަރުކާރަށް 100 ދުވަސް: ޓްރަމްޕުގެ ހަމަލާ މީޑިއާ އަށް

ސަޕޯޓަރުންނާ މުޚާތަބް ކުރައްވާ ޓްރަމްޕް ވިދާޅުވީ ވެރިކަމުގައި 100 ދުވަސް ފުރިހަމަކުރި އިރު ފަހަރަކު ވައުދެއް ފުއްދަމުންދާ ކަމަށެވެ. އަދި ފާޑުކިޔަމުންދާ "ފޭކް ނިއުސް" ފަތުރާ "ނޫސްވެރިންނަށް" ވަނީ ބަހުގެ ހަމަލާ ދެއްވައިފަ އެވެ. ވައިޓް ހައުސް ކަރެސްޕޮންޑެންޓްސް ޑިނާގައި ޓްރަމްޕް ވަނީ ބައިވެރިވެވަޑައި ނުގަންނަވަން ނިންމަވައިފަ އެވެ. މިއީ 1981 ވަނަ އަހަރު ރޮނަލްޑް ރޭގަން އަށް ފަހު މި ޑިނާގައި ބައިވެރިވެވަޑައި ނުގެންނެވި ފުރަތަމަ ރައީސް އެވެ. ރޭގަން އަށް ޑިނާގައި ބައިވެރިވެވަޑައި ނުގެންނެވުނީ ބަޑީގެ ހަމަލާ އަށް ފަހު އާލާސްކަންފުޅާ އުޅުއްވާތީ އެވެ.

އެއްވުމުގައި ޓްރަމްޕް ވިދާޅުވީ އޭނާގެ ސަރުކާރުގެ 100 ދުވަހުގެ ކާމިޔާބީތައް ކަވަރު ކުރުމުގައި މީޑިއާ އަށް ދޭން ޖެހޭނީ އެފް ގްރޭޑެއް ކަމަށެވެ. އަދި އޭނާގެ ފުރަތަމަ 100 ދުވަސް ވަރަށް އުފެއްދުންތެރި ކަމަށް ވިދާޅުވި އެވެ.

ވެރިކަމަށް 100 ދުވަސް ފާހަގަ ކުރުމުގެ ތައްޔާރީތައް ކުރިއަށް ދިޔަ ޓްރަމްޕުގެ ތިމާވެށީގެ ސިޔާސަތާ ދެކޮޅަށް ވަނީ އެމެރިކާގައި އަޑު އުފުލާއިފަ އެވެ. ޕީޕަލްސް ކްލައިމެޓް މާޗު ބާއްވާފައި ވަނީ ވެރިކަމަށް 100 ދުވަސް ފުރުމާ ދިމާކޮށެވެ. ވޮޝިންޓަނުގައި ހިނގާލުމަށް ނުކުތް މީހުން ވަނީ ކެޕިޓޮލް އިމާރާތުން ވައިޓް ހައުސްއާ ހަމައަށް ގޮސްފަ އެވެ.

ޓްރަމްޕުގެ ތަގްރީރުގައި ވަނީ މޫސުމަށް ބަދަލު އައުމަކީ "މަކަރެއް" ކަމަށް ވިދާޅުވެ ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވެދާނެ ކަމަށް އިޝާރާތް ކުރައްވައިފަ އެވެ.