ޔާމީންގެ މަރުގެ އިންސާފުވެރި ތަހުގީގެއް ކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަނީ
ޔާމީންގެ މަރުގެ އިންސާފުވެރި ތަހުގީގެއް ކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަނީ

ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނު، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުރާ ތަހުގީގަކީ އިންސާފުވެރި ތަހުގީގެއް ކަން ކަށަވަރު ކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އިސް ނަގައިގެން ޕެޓިޝަނެއްގައި މިއަދު ސޮއި ކުރަން ފަށައިފި އެވެ.

ޔާމީންގެ މަރުގެ އިންސާފުވެރި ތަހުގީގެއް ކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަނީ
ޔާމީންގެ މަރުގެ އިންސާފުވެރި ތަހުގީގެއް ކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަނީ

ޓްރާންސްޕޭރަންސީގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލް ވިދާޅުވީ ފުލުހުންނަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ޕެޓިޝަންގައި ގިނަ ބަޔަކު ސޮއި ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ޕެޓިޝަން މަޖިލިހަށާއި ފުލުހުންނަށް ހުށަހަޅާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.

ޔާމީންގެ މަރުގެ އިންސާފުވެރި ތަހުގީގެއް ކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަނީ
ޔާމީންގެ މަރުގެ އިންސާފުވެރި ތަހުގީގެއް ކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަނީ

ތޮލާލް ވިދާޅުވި ގޮތުގައި ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި އޮތީ ތިން ކަމެކެވެ.

ޔާމީންގެ މަރުގެ އިންސާފުވެރި ތަހުގީގެއް ކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަނީ
ޔާމީންގެ މަރުގެ އިންސާފުވެރި ތަހުގީގެއް ކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަނީ

އެއީ ޔާމީންގެ މަރާ ގުޅިގެން ކުރާ ތަހުގީގަކީ އިންސާފުވެރި ތަހުގީގެއްކަން ކަށަވަރު ކުރުމުގެ އިތުރުން މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަބްދުﷲ އާއި އަވަހާރަކޮށްލާފައިވާ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަަށާއި ޔާމީނަށް މަރުގެ އިންޒާރު ލިބެމުން ދިޔަ އިރު، އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އިންޒާރު ލިބޭ މީހުން ހިމާޔަތް ކުރެވޭނެ ގާނޫނީ އޮނިގަނޑެއް ތައްޔާރު ކުރުމަށް ގޮވާލުމެވެ.

މީގެ އިތުރުން މީހުންނަށް ދޭ އިންޒާރުގެ މައްސަލަތަކާއި އެކި މައްސަލަތައް ނުބަލައި ފަރުވާ ކުޑަކޮށްފައި ހުރުމާ ގުޅިގެން ކަމާ ބެހޭ ފަރާތްތައް ޒިންމާދާރު ކުރަން ޕެޓިޝަންގައި ގޮވާލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތުގައި ޓްރާންސްޕޭރެންސީގެ އިތުރުން ޔާމީންގެ އާއިލާ އާއި ރައްޓެހިންނާއި ހެޔޮއެދޭ ފަރާތްތަކުންނާއި މަދަނީ ޖަމިއްޔާތަކުން ބައިވެރިވެ އެވެ.

އެ ގޮތުން ޕެޓިޝަންގައި ސޮއި ކުރުމަށް އާޓިފިޝަލް ބީޗުގައި މިއަދު ވަނީ ހާއްސަ ހަރަކާތެއް ބާއްވައި، ޔާމީނަށް އިންސާފު ހޯދައިދިނުމަށް އެކި މީހުން ވަނީ ޝުއޫރު ފާޅުކޮށްފަ އެވެ. އަދި ޔާމީން މަރާލުމުގެ ކުރިން ޓުވިޓާ މެދުވެރިކޮށް އޭނާ ކުރި ބައެއް ޓުވީޓުތައް ހިމެނޭ ޕޯސްޓަރުތައް ވެސް ވަނީ ދައްކާލައިފަ އެވެ.

ސޯޝަލް މީޑިއާގައި އިސްކޮށް ހަރަކާތްތެެރިވާ އަދި އަމިއްލަ ބްލޮގެއް ހިންގާ ޔާމީންގެ މަރަށް ފަހު ގިނަ އަދަދަކަށް ފުލުހުން މަގުމައްޗަށް ނެރެ، އެކި ހިސާބުތަކުގައި ދަނީ ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.

ގެއްލުވާލާފައިވާ ރިލްވާންގެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ޔާމީން، 29، ރަހުމް ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރެއިން މިދިޔަ ހޮނިހިރު ދުވަހުގެ މެންދަމެވެ. ޔާމީންގެ މަރަށް ހަފުތާއެއް ވާން ކައިރި ވެފައިވާ އިރު، އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރިއަސް، ޔާމީން މަރައިލި މައްސަލައިގައި ބައިވެރިވިކަމުގެ ތުހުމަތުކުރެވޭ ދެ މީހެއްގެ ފޮޓޯ ފުލުހުން ވަނީ ދައްކައިފަ އެވެ.