"މިހާރު ސްޓައިިލް"ގެ ފުރަތަމަ ވީޑިއޯ ހާއްސަކޮށްފައި މި ވަނީ އެންމެ ފަހުގެ ސްޓައިލްތަކަށް ހެދުން އެޅުމަށެވެ. ފަހުގެ އައިނާއި، ކޮލްޓްސް، އެންކަލް ބޫޓް، ފްރިންޖް ފައިވާނާއި ދަބަސް ފަދަ ތަކެތި ގުޅުވާލައިގެން ބޭނުންކުރާނެ ގޮތެވެ.

މީގެ އިތުރުން، ޕާޓީތަކަށާއި ހާއްސަ މުނާސަބުތަކަށް މިހާރު ލާން ބޭނުންކުރާ ބައެއް ސްޓައިލްތަކާއި އެއާ އެކު އެކްސަސަރީޒް ބޭނުންކުރާނެ ގޮތް ވެސް މި ވީޑިއޯ އިން ފެންނާނެ އެވެ.

ކޮންމެ ހޮނިހިރު ދުވަހުގެ "މިހާރު ސްޓައިލް"ގެ އާ ހުށަހެޅުމެއް ގެނެސްދޭނެ އެވެ. މިފަހަރުގެ ވީޑިއޯ އަށް ވޯޑްރޯބް ފޯރުކޮށްދިނީ "ކްލޯސެޓް" އިންނެވެ. މޮޑެލް އަކީ ބަތޫލް އަހްމަދެވެ. ސްޓައިލިސްޓަކީ މުނާލް ޝުޖާއު އެވެ.