މެސެޑޯނިއާގެ ޕާލަމެންޓަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައިފި
މެސެޑޯނިއާގެ ޕާލަމެންޓަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައިފި

ސްކޮޕްޔެ (އެޕްރީލް 28) - އަލްބޭނިއާ ދަރިކޮޅުގެ މީހަކު ޕާލަމެންޓުގެ ރައީސަކަށް ހަމަޖެއްސުމާ ގުޅިގެން އުފެދުނު ރުޅިވެރިކަމުގައި މެސެޑޯނިއާގެ ޕާލަމެންޓަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައިފި އެވެ.

މެސެޑޯނިއާގެ ޕާލަމެންޓަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައިފި
މެސެޑޯނިއާގެ ޕާލަމެންޓަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައިފި

ހަމަނުޖެހުންތަކުގައި ބައެއް މީހުން ވަނީ ޒަޚަމްވެފަ އެވެ. އޭގެ ތެރޭގައި ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ޒޮރާން ޒައެފް ވެސް ހިމެނެ އެވެ. އޭނާގެ މޫނު ވަނީ ޒަޚަމްވެފަ އެވެ. ހަމަނުޖެހުންތަކަށް ގޮވާލާފައި ވަނީ ކުރީގެ ބޮޑު ވަޒީރު ނިކޮލާ ގުރުއެވްސްކީގެ ވީއެމްއާރުއޯ ޕާޓީންނެވެ. އެ ޕާޓީން ދަނީ އާ އިންތިޚާބަކަށް ގޮވާލަމުންނެވެ. ޒައޭވް ވަނީ އަލްބޭނިއާ ދަރިކޮޅު މީހުން ހިމެނޭ ޕާޓީތަކާ އެކު ކޯލީޝަނެއް ހަދައިފަ އެވެ. ނަމަވެސް ސަރުކާރެއް އުފައްދަން ކުރާ މަސައްކަތަށް މެސެޑޯނިއާގެ ރައީސް ދަނީ ހުރަސް އަޅުއްވަމުންނެވެ. ކޯލީޝަނެއް އުފެއްދުމުގެ މަސައްކަތް ޒައޭފް ފެއްޓެވި ހިސާބުން މެސެޑޯނިއާގައި ދަނީ ހަމަނުޖެހުންތައް ހިންގަމުންނެވެ. މެސެޑޯނިއާގެ އާބާދީގައި އަލްބޭނިއާ ދަރިކޮޅު މީހުން ހަތަރު ބައިކުޅަ އެއްބައި ހިއްސާވެ އެވެ.

ޕާލަމެންޓަށް ވަދެގަތް މީހުން ހިތްހަމަނުޖެހުނީ ޒައޭފްގެ ކޯލީޝަނުން ޕާލަމެންޓުގެ ރައީސަކަށް ތައްލަތު ޒަފާރީ ކިޔާ ބޭފުޅަކު ހަމަޖެއްސުމުންނެވެ. އެ މީހުން ބުނަމުން ދަނީ އަލްބޭނިއާ ދަރިކޮޅު މީހުންނަށް ބާރު ލިބޭ ގޮތަށް ކަންކަން ކުރާ ނަމަ މެސެޑޯނިއާގެ އެއްބައިވަންތަކަމަށް ބުރޫއަރާނެ ކަމަށެވެ.

މާސްކް އަޅައިގެން ޕާލަމެންޓަށް ވަދެގަތް މީހުން ކޮންޓްރޯލް ކުރުމަށް ފަހު ފުލުހުން ވަނީ ސިޔާސީ ފަރާތްތަކަށް ހިމާތް ދީފަ އެވެ. ހަމަނުޖެހުންތަކުގައި 102 މީހަކަށް ވަނީ ހޮސްޕިޓަލުން ފަރުވާ ދޭން ޖެހިފަ އެވެ. އޭގެ ތެރޭގައި ޕާލަމެންޓުގެ 10 މެންބަރުން ވެސް ހިމެނެ އެވެ.