ކޮންމެ ހަފުތާއަކު 5،000ރ ލިބޭ ޕްރޮމޯޝަނެއް ޓެޕްކޮން އިން ފަށައިފި
ކޮންމެ ހަފުތާއަކު 5،000ރ ލިބޭ ޕްރޮމޯޝަނެއް ޓެޕްކޮން އިން ފަށައިފި

މި އަހަރުގެ ރޯދަމަހަށް ޚާއްސަކޮށްގެން ކޮންމެ ހަފުތާއަކު 5،000ރ. ލިބޭ ޕްރޮމޯޝަނެއް ޓެޕްކޮން ހާޑްވެއާ އިން ފަށައިފި އެވެ.

ކޮންމެ ހަފުތާއަކު 5،000ރ ލިބޭ ޕްރޮމޯޝަނެއް ޓެޕްކޮން އިން ފަށައިފި
ކޮންމެ ހަފުތާއަކު 5،000ރ ލިބޭ ޕްރޮމޯޝަނެއް ޓެޕްކޮން އިން ފަށައިފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާގެ ސާމާނު ވިއްކާ ޓެޕްކޮންގެ ފިހާރަތަކުން 1،000 ރުފިޔާ އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަަށް ކޫޕަނެއް ލިބޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ކޮންމެ ހަފުތާއަކު 5،000ރ ލިބޭ ޕްރޮމޯޝަނެއް ޓެޕްކޮން އިން ފަށައިފި
ކޮންމެ ހަފުތާއަކު 5،000ރ ލިބޭ ޕްރޮމޯޝަނެއް ޓެޕްކޮން އިން ފަށައިފި

އަންނަ މޭ 27 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ކޮންމެ ހަފްތާއެއްގެ ބުރާސްފަތިދުވަހުގެ ރޭ ގުރުނަގާނެ އެވެ. އަދި ނަސީބުވެރިޔާ އަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށް ޓެޕްކޮން އިން ބުންޏެވެ.

މި ޕްރޮމޯޝަންގެ ފުރަތަމަ ގުރު ނެގުން ރޭގައި ބާއްވާފައިވާއިރު، އެ ހަފުލާ ފޭސްބުކް ލައިވް އިން ވެބްކާސްޓް ވެސް ކުރި އެވެ.

ޓެޕްކޮން އިން ބުނީ ކޫޕަންގައި ފާހަގަކޮށްފައިވާ ކިއުއާރް ކޯޑް، މޯބައިލް ފޯނުން ސްކޭން ކޮށްލުމުން ވެބްކާސްޓް ފެންނާނެ ކަމަށެވެ.

ޓެޕްކޮން ހާޑްވެއާ އިން ވަނީ ރޯދަމަހާ ދިމާކޮށް އިތުރު މުދާ ވެސް ގެނެސްފަ އެވެ.

ތަށިމުއްޓާއި ފާހާނާ ފިޓިންސް އާއި ފެންވަޔަރު ކުރާ ސާމާނުގެ އިތުރުން ގެދޮރު ޒީނަތްތެރިކުރަން ބޭނުންކުރާ ގިނަ ސާމާނު ވެސް އެތަނުން ލިބެން ހުރެ އެވެ.