ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދާ ދެވަނަ ގްރޫޕް ފުރައިފި
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދާ ދެވަނަ ގްރޫޕް ފުރައިފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު އުމްރާއަށް ދާ ދެވަނަ ގްރޫޕްގައި ހިމެނޭ 100 މީހަކު މިރޭ ފުރައިފި އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދާ ދެވަނަ ގްރޫޕް ފުރައިފި
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދާ ދެވަނަ ގްރޫޕް ފުރައިފި

"މިހާރު"އާ ވާހަކަ ދައްކަވަމުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ މި ގްރޫޕް ސައުދީ އަރަބިއްޔާ އަށް ދަތުރުކުރަނީ މެގަ މޯލްޑިވްސް ފްލައިޓެއްގައި ކަމަށެވެ.

"މި ގްރޫޕްގެ އޮފިޝަލުންގެ ގޮތުގައި އަށް މީހަކު ދިޔަ،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިރޭ ފުރީ ރޯދަ މަހުގެ ފަހު 15 ގައި އުމްރާ ކުރަން ދާ މީހުންނެވެ. މި ގްރޫޕްގެ މީހުންނަށް ވެސް މައްކާ އާއި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މައްކާގެ މިނާ، އަރަފާތު، އަދި މުޒްދަލިފާއަށް ދެވޭނެ. މަދީނާގައި ހުންނަ އުހުދު ފަރުބަދަ ފަދަ ތަންތަން ވެސް ބެލޭނެ، ރޯދަ މަސްވީމަ ބޮޑަށް އޮންނާނީ ރޭ އަޅުކަން ކުރުން،" ޔާމީން ވިދާޅުވި އެވެ.

އުމްރާގެ މަތިވެރި އަޅުކަމަށް ފަހު މި ގްރޫޕް އެނބުރި ރާއްޖެ އަންނާނީ އަންނަ މަހުގެ ހަތެއްގަ އެވެ.

ހައްޖު ކޯޕަރޭޝަނުން ވަނީ މި އަހަރުގެ ތެރޭގައި އުމްރާގެ ފަސް ދަތުރެއް ކުރަން ނިންމައިފަ އެވެ.