މި ފޮޓޯއިން އާދަޔާޚިލާފު ކަމެއް ފާހަގަވޭތަ؟
މި ފޮޓޯއިން އާދަޔާޚިލާފު ކަމެއް ފާހަގަވޭތަ؟

ގުދުރަތީ ހާދިސާތަކުގެ ބައެއް މަންޒަރުތަކީ ބައެއް ފަހަރަށް އިންސާނުންގެ ވިސްނުމަކަށް ވެސް ގެނެވޭ ވަރަށް ވުރެ އަޖައިބު ކަންކަމެވެ. އެމެރިކާގެ މިސިސިއްޕީގައި ހޮނުއެޅުމުގެ ސަބަބުން ގަހެއްގައި ރޯވެފައި ހުއްޓާ ނަގާފައިވާ ފޮޓޯއަކަށް ވެސް މާބޮޑު ސަމާލުކަމެއް ލިބިގެން އުޅެނީ އެކަމުގެ އާދަޔާޚިލާފު ކަމުންނެވެ.

ވަރުގަދަ ތޫފާނެއްގެ ތެރޭގައި ނަގާފައިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު އެއް ފޮޓޯއިން ފެންނަނީ ގަހެއްގެ ބޭރުގައި ރޯނުވެ ގަސްގަނޑުގެ އެތެރޭގައި ރޯވެ އަނދާ ތަނެވެ.

މިސިސިއްޕީ އަށް މީގެ ދުވަސްކޮޅެއް ކުރިން ވަރަށް ގަދަޔަށް ވިއްސާރަކޮށްފައިވެ އެވެ.

އެ ގަހުގެ އެތެރޭގައި ރޯވެފައި ހުއްޓަސް ބޭރުގައި ރޮލެއް ނުވެ އެވެ.

ޖެނިސް މެލްޓަން ކިޔާ މީހަކު ނަގާފައިވާ މި ފޮޓޯ އެތައް ހާސް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ޝެއާކޮށްފަ އެވެ.