26 އެޕްރީލް 2017 - 11:41

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މުޅި މާލެއިން ކުނި އުކާދޭން ރަޖިސްޓްރީވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ކުނި އުކާލުމުގެ ޚިދުމަތް ވެމްކޯ އިން ފުރަަތަމަ ފެށީ މަޖީދީ މަގުން ދެކުނު ސަރަހައްދުންނެވެ. އެކަމަކު މިހާރު މާލޭގެ ކޮންމެ ހިސާބަކަށް ވެސް އެ ޚިދުމަތް ދޭން ކުންފުނި ވަނީ ތަައްޔާރުވެފަ އެވެ. އެގޮތުން މަޖީދީ މަގުން އުތުރު ސަަރަހައްދުން ކުނި އުކާދޭން ފަށަން ހަމަޖައްސާފައި ވަނީ އަންނަ މަހު 1 ގަ އެވެ.
ވެމްކޯ އިން ކުނި އުކައިދޭ އަގަކަށް ނަގަނީ ގޭބިސީއަކުން 150 ރުފިޔާ އެވެ. އިމާރާތަކުން ނަމަ 100 ރުފިޔާ އެވެ. ވިޔަފާރިކުރާ ތަންތަނުން ކުނި އުކައިދެނީ ޑަސްބިންގެ ސައިޒުން ލީޓަރަކަށް 10 ރުފިޔާގެ މަގުންނެވެ. އެއީ މިސާލަކަށް 10 ލީޓަރުގެ ޑަސްބިންއެއް ނަމަ 100ރ އަށެވެ.
އާއްމު ގޮތެއްގައި ވެމްކޯއިން ކުނި އުކާދެނީ މެންދުރު ފަހު ދޭކުން ރޭގަނޑު 10އާ ހަމައަށެވެ. ނަމަވެސް މި ގަޑިތައް ބަދަލުވުން އެކަށީގެންވާ ކަމަށް ވެމްކޯއިން ބުންޏެވެ.
ކުނި އުކާލުމުގެ މައްސަލަ ބޮޑު މާލޭގައި ފަސޭހަ ކަމާ އެކު އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ވެމްކޯއިން ވަނީ ކޮމްޕެކްޓަ ޓްރަކް، ޑަމްޕް ޓްރަކް އަދި ޓްރައިސިކަލް ފަދަ އުނޅަދުތައް ހޯދާފަ އެވެ. މިއީ ތިމާވެއްޓާ ރަށްޓެހި އަދި އީޕީއޭގެ މިންގަނޑުތަކަށް ފެތޭ އުނޅަދުތަކެއް ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.