ފޮރިން މިނިސްޓަރު އާސިމް ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި
ފޮރިން މިނިސްޓަރު އާސިމް ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓަރު އާސިމް ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި
ފޮރިން މިނިސްޓަރު އާސިމް ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފޮރިން މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

ދެ ދުވަހުގެ މުއްދަތަށް މިނިސްޓަރު އާސިމް ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޭނާ ވަނީ ޕާކިސްތާންގައި ކިޔަވަން ތިބޭ ދިވެހި ކުދިންނާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ދިވެހި ސަރުކާރުން ޕާކިސްތާނާ މެދު ބަހައްޓާ ގާތް ކަމަށާއި ސްކޮލަޝިޕްގެ ފުރުސަތުތައް ހޯދައި ދިނުމަށް މަސައްކަތް ކުރާތީ ކިޔަވާ ކުދިން ޝުކުރު އަދާކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

އާސިމް ވަނީ ޕާކިސްތާންގެ ބޮޑުވަޒީރުގެ އެޑްވައިޒަރު ސާތާޒް އަޒީޒްއާ ބައްދަލު ކުރައްވައި، ތައުލީމީ ދާއިރާ އާއި ކުޅިވަރާއި ސިއްހީ ދާއިރާތަކުން ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އަދި ރާއްޖެ އަށް ދެމުން އަންނަ އެހީތަކަށް އާސިމް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީން ވަނީ 2015 ގެ މެއި މަހު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެ ދަތުރުފުޅާ ގުޅިގެން ޕާކިސްތާނުން ވަނީ ރާއްޖެ އަށް ގިނަ އެހީތަކެއް ދޭން ނިންމައިފަ އެވެ.