ބަނގުރާ ފުޅިތަކަކާ އެކު ހަތް މީހަކު ހައްޔަރު ކޮށްފި
ބަނގުރާ ފުޅިތަކަކާ އެކު ހަތް މީހަކު ހައްޔަރު ކޮށްފި

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ހިންގި ހާއްސަ އޮޕޮރޭޝެނެއްގައި ގެއެއް ބަލައި ފާސްކޮށް ބަނގުރާ ފުޅިތަކަކާ އެކު ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

މި ހަތް މީހުންނަކީ 17 އަހަރާއި 25 އަހަރާ ދެމެދުގެ ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ. ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، ކޯޓު އަމުރުގެ ދަށުން ފުލުހުން ފާސްކޮށްފައިވަނީ މާލޭގެ ގެއަކާއި ކާރެކެވެ.

އެ ގޭގެ ތިން ވަނަ ފަންގިިފިލާ އިން ބަނގުރާ ހަތަރު ފުޅި އާއި ފާސްކުރި ކާރުގެ ތެރެއިން އިތުރު ހަތް ފުޅި ފެނިފައިވާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ވެ އެވެ.

މިމައްސަލަ އިތުރަށް ގަހުގީގު ކުރަމުން ދާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މީގެ ދެ ދުވަސް ކުރިން ފުލުހުން ވަނީ މަސްތުވާ ތެކެއްޗާއި އެކު ހަ މީހަކު ހައްޔަރު ކޮށްފަ އެވެ.