ހާދަ އަނިޔާއެކޭ ކޮށްފައި އޮތީ، ހާދަ އަނިޔާވެރިޔޭ: ޔާމީންގެ މަންމަ
ހާދަ އަނިޔާއެކޭ ކޮށްފައި އޮތީ، ހާދަ އަނިޔާވެރިޔޭ: ޔާމީންގެ މަންމަ

ޔާމީން ރަޝީދު "ކަތިލައި" އޭނާ ދިރިއުޅުނު މ. ސުޕެޓިއުލާގެ ސިޑި ކައިރީގައި ލޭ ކޯރުދެމިފައި އޮތް ތަން އެންމެ ފުރަތަމަ ފެނުނީ، އެ އިމާރާތުގައި ދިރިއުޅޭ ފިރިހެނަކަށެވެ. ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު އޭނާ ގެ އިން ނުކުތީ އެ ގޭ ކުއްޖަކު ބަލިވެގެން ކޮންމެވެސް ކަމަކު އެވެ.

ހާދަ އަނިޔާއެކޭ ކޮށްފައި އޮތީ، ހާދަ އަނިޔާވެރިޔޭ: ޔާމީންގެ މަންމަ
ހާދަ އަނިޔާއެކޭ ކޮށްފައި އޮތީ، ހާދަ އަނިޔާވެރިޔޭ: ޔާމީންގެ މަންމަ

އޭނާ ފޭބިއިރު، ސިޑި ކައިރީގައި އެއްވެސް މީހަކު ނެތެވެ. އެކަމަކު އެ ތަނުގެ ބޮކި އެ ރޭ ހުރީ ނިވާލައިފަ އެވެ. ލިފްޓުގެ ދޮރު ހުޅުވުނު ގަޑީގައި އަލިވުމުން، ނިވިފައި ހުރި ބޮތްކާ މެދު މާ ބޮޑަށް އޭނާއެއް ނުވިސްނަ އެވެ. އެނބުރި ގެ އަށް އައީ 2:50 ހާއިރު ކަމަށް އޭނާއާ ހަވާލާދީ، ޔާމީންގެ މަންމަ، މަރިޔަމް ޝަފީގާ، 48، ބުންޏެވެ.

ހާދަ އަނިޔާއެކޭ ކޮށްފައި އޮތީ، ހާދަ އަނިޔާވެރިޔޭ: ޔާމީންގެ މަންމަ
ހާދަ އަނިޔާއެކޭ ކޮށްފައި އޮތީ، ހާދަ އަނިޔާވެރިޔޭ: ޔާމީންގެ މަންމަ

"ސިޑި ކައިރި އަނދިރިކޮށް އޮތީމަ ލިފްޓަށް އަރަން ވެގެން އޭނަ ފޯނު ދިއްލާލި ތަނާ ފެނުނީ ލިފްޓު ކައިރި އަށް މީހަކު ޒަހަމްކޮށްލާފައި އޮތް ތަން. އޭރަކު ނޭނގެ އެއީ ޔާމީން ކަމެއް ވެސް. އޭނަ ބުނީ ހަށިގަނޑު އޮތީ އެއް އަރިއަކަށޭ. އެހެން މީހަކު ކައިރީ އޭނާ ބުނި ކަމަށްވޭ ލޭތައް ވެސް ބޮކި ޖަހާލަޖަހާލައޭ ހުރީ،" ޔާމީންގެ މަންމަ ރޮމުން ކިޔައިދިނެވެ.

ހާދަ އަނިޔާއެކޭ ކޮށްފައި އޮތީ، ހާދަ އަނިޔާވެރިޔޭ: ޔާމީންގެ މަންމަ
ހާދަ އަނިޔާއެކޭ ކޮށްފައި އޮތީ، ހާދަ އަނިޔާވެރިޔޭ: ޔާމީންގެ މަންމަ

އެހާ އަނިޔާ ދީފައި އޮތް އިންސާނަކު ފެނުމުން އޭނާ ވެސް ހާސްވެ ގޮތް ހުސްވީ އެވެ. އަވަހަށް ފުލުހުންނަށް ގުޅަން ހަދައިގެން ދެ ފަހަރަށް ގުޅުނީ ޓެކްސީ ސެންޓަރަކަށެވެ. ފުލުހުންގެ ނަމްބަރަށް ގުޅުނީ ތިން ވަނަ ފަހަރަށް މަސައްކަތްކޮށްގެން ކަމަށް އޭނާއާ ހަވާލާދީ ޝަފީގާ ބުންޏެވެ. ރިޕޯޓްކުރިތާ ފަސް ވަރަކަށް މިނެޓް ތެރޭ ފުލުހުން އައިސް ވަގުތުން އެ ސަރަހައްދު ބަންދުކުރި އެވެ.

ހާދަ އަނިޔާއެކޭ ކޮށްފައި އޮތީ، ހާދަ އަނިޔާވެރިޔޭ: ޔާމީންގެ މަންމަ
ހާދަ އަނިޔާއެކޭ ކޮށްފައި އޮތީ، ހާދަ އަނިޔާވެރިޔޭ: ޔާމީންގެ މަންމަ

ޔާމީނަށް ހަމަލާދޭން ގާތިލުން އެ ނެގީ، އާއިލާ އިން ލަފާކުރާ ގޮތުގައި، ވިއްސަކަށް މިނެޓެވެ. އެއީ، ޔާމީން މަރުވެފައި އޮއްވާ ފުރަތަމަ ފެނުނު މީހާ ގެ އިން ނިކުމެފައި އެނބުރި އައުމާ ދެމެދު ހޭދަވީ އެހާ ވަގުތުކޮޅަކަށް ވާތީ އެވެ.

ހާދަ އަނިޔާއެކޭ ކޮށްފައި އޮތީ، ހާދަ އަނިޔާވެރިޔޭ: ޔާމީންގެ މަންމަ
ހާދަ އަނިޔާއެކޭ ކޮށްފައި އޮތީ، ހާދަ އަނިޔާވެރިޔޭ: ޔާމީންގެ މަންމަ

އާއިލާ އިން ބުނި ގޮތުގައި ޔާމީން، 29، ގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ ގާތްގަނޑަކަށް އެ ރޭ 3:15 ގަ އެވެ. އޭރު އަދި ޔާމީންގެ މަރުގެ ހަބަރު އާއިލާއަކަށް ނުލިބެ އެވެ. އެކަން އެންގީ ވެސް ރަށުން ގުޅައިގެންނެވެ.

ހާދަ އަނިޔާއެކޭ ކޮށްފައި އޮތީ، ހާދަ އަނިޔާވެރިޔޭ: ޔާމީންގެ މަންމަ
ހާދަ އަނިޔާއެކޭ ކޮށްފައި އޮތީ، ހާދަ އަނިޔާވެރިޔޭ: ޔާމީންގެ މަންމަ

"ނިދާފައި އޮއްވާ މި ކުދިންގެ ބައްޕަ ރަށުގައި [އައްޑޫގައި] ހުރެފައި މިކޮޅަށް ގުޅާފައި ހަބަރު ދިނީ. އޭރު ގާތްގަނޑަކަށް 4:30، އޭރަކު ވެސް ނޭނގެ މަރުވި ކަމެއް. ބުނީ ވަޅި ހަރައިފިއޭ،" މަންމަ ބުންޏެވެ.

ހާދަ އަނިޔާއެކޭ ކޮށްފައި އޮތީ، ހާދަ އަނިޔާވެރިޔޭ: ޔާމީންގެ މަންމަ
ހާދަ އަނިޔާއެކޭ ކޮށްފައި އޮތީ، ހާދަ އަނިޔާވެރިޔޭ: ޔާމީންގެ މަންމަ

"ހާދަ އަނިޔާއެކޭ އެ ކުއްޖާ އަށް ކޮށްފައި އޮތީ. ހާދަ އަނިޔާވެރިއޭ."

ކޮއްކޮއަކާ އެކު ފިހާރައަކަށް ދާން ވެގެން އެ ދުވަހު އިރުއޮއްސި 7:00 ހާއިރު ޝަފީގާ ބޭރަށް ދިޔައިރު ޔާމީން ސޯފާގައި އޮތެވެ. ގޭގައި އާންމުކޮށް ލާ އުޅޭ ހެދުމެއްގައި އޮތުމުން ޝަފީގާ އަށް ގަބޫލުކުރެވުނީ އެ ރޭ ޔާމީން ބޭރަށް ނުދާނެ ކަމަށެވެ. ހުކުރު ދުވަހުގެ ރޭ ދަންވަރު ހޭލައި އުޅުމަށް ފަހު، ހޮނިހިރު ދުވަހު ހެނދުނު ނިދި ގޮތަށް، ޔާމީން އެ ދުވަހު ހޭލީ ވެސް ހަވީރުވާން އުޅެނިކޮށް ކަމަށް ޝަފީގާ ބުންޏެވެ.

ޔާމީނަށް ތަކުރާރުކޮށް ދެމުން ދިޔަ މަރުގެ އިންޒާރުތަކާ ހެދި، ދަރިފުޅު ރޭގަނޑު ބޭރަށް ނުކުމެ އުޅެން ޝަފީގާ ބޭނުމެއް ނުވެ އެވެ. އެހެންވެ ރޭގަނޑު އޮފީހަށް ދިޔަސް ދަންވަރު ހިނގާފައި ގެ އަށް އައުން އޮތީ މަނާކޮށްފަ އެވެ. ދަންވަންދެން އުޅެން ޖެހޭ ރެއެއް ނަމަ، މަންމަގެ އެދުމުގެ މަތިން ޔާމީން ގެ އަށް އަންނަނީ ޓެކްސީގަ އެވެ. އެހެން ނޫން ނަމަ، ފަތިސްވަންދެން އޮފީހުގައި މަޑުކުރަނީ އެވެ.

"އެ [މަރުވި] ރޭ އަޅުގަނޑެއް ނުވެސް ގުޅަން، އޮފީހަށް ދިޔަ ކަމެއް ނޭނގޭތީވެ. ބޭރުން ގެ އަށް އައިސްފައި ސިޓިން ރޫމުގައި އުޅެފައި އަޅުގަނޑު ވެސް ވަނީ ކޮޓަރި އަށް. އަޅުގަނޑު ހީކުރީ ޔާމީން އޮތީ ކޮޓަރީގައި ކަމަށް،" ދަރިފުޅު ވަކިވުމުގެ ހިތާމައިގައި އަޑުން އަޑު ނަގައި ރޮމުން ޝަފީގާ ކިޔައިދިނެވެ.

ހަމަލާ ދިން ރޭ، އޮފީހުން ގެއަށް ޔާމީން އައީ ހިނގާފައި ކަމަށް ވެ އެވެ. ހިނގާފައި ގެ އަށް ނާންނަން ބުނާތީ، "މަންމާއޭ، މަރަން އުޅޭ މީހަކު ކޮންމެ ތަނެއްގައި ހުއްޓަސް މަރާލާނެއޭ،" ޔާމީން ބުނާ ކަމަށް ޝަފީގާ ބުންޏެވެ.

"ވަރަށް ދެރަވި އެ ރޭ އެކަނި އެ ކުއްޖާ އަށް ގުޅައި ހާލު ނުބެލުނީމަ. އަސްލު އޮފީހަށް ދިޔަކަން ނޭނގުނީމަ ހާލު ނުބެލުނީ."

ޔާމީން އޮފީހަށް ދިޔައީ، ޝަފީގާ ލަފާކުރާ ގޮތުގައި، އެ ރޭ 9:00 ހާއިރެވެ. ޔާމީން ވަޒީފާ އަދާކުރާ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ނެރެން އުޅޭ އާ ސޮފްޓްވެއާއެއް ނިންމުމުގެ މަސައްކަތަށެވެ. އެ ރޭގެ މަސައްކަތް ނިންމައި އެ އޮފީހުން އެންމެ ފަހުން ނިކުތީ ވެސް ޔާމީން ކަމަށް ވެ އެވެ.

"އެންމެ ކުޑައިރުއްސުރެ ވެސް ވަރަށް މަޑުމައިތިރި ބަސްހާ ކުއްޖެއް އެއީ. މީހަކަށް އަނިޔާއެއް ނުކުރާނެ. އެންމެންނާ ވެސް ވަރަށް ގުޅިގެން އުޅޭނީ. ހުކުރު ދުވަހު އެއްކޮށް ވެސް އުޅުނީ ގޭގައި. ހުކުރަށް ދާން އެކަނި ތިރިއަށް ފޭބީ،" ދަރިފުޅު މަރާލަން ޖެހޭ ސަބަބެއް ނެތް ކަން ހާމަކުރަމުން ޝަފީގާ ބުންޏެވެ.

"އޭނަ ލިޔަނީ (ސޯޝަލް މީޑިއާގައި)، އަޅުގަނޑު އޭނަ އަށް މަނާ ވެސް ކުރިން، ބުނިން ދަރިފުޅާއޭ ނުލިޔާށޭ. ކޮލެޖުގައި އުޅުނުއިރު ވެސް ވަރަށް މޮޅު ކުއްޖެއް އެއީ، އަޅުގަނޑު ކޮލެޖަށް ދިޔަ ދުވަހު ވެސް ޕްރިންސިޕަލް އައިސް ކޮނޑުގައި އަތް ޖަހާލާފާއި ބުނި އަޅުގަނޑު ޕްރައުޑުވަމޭ މި ކުއްޖާ އަށް."

ޝަފީގާ ބުނި ގޮތުގައި މިފަހުން ޔާމީނަށް އެއްވެސް އިންޒާރެއް ދިން ވާހަކަ އޭނާ ގާތަކު ނުބުނެ އެވެ. އެކަން ސިއްރުކުރަނީ، އެ އިންޒާރުތަކާ ހެދި ހާސްވެ، އޭނާ ވިސްނާތީ ކަމަށް ވެސް ޝަފީގާ ބުންޏެވެ. އެކަމަކު ވަރަށް ފަހުން ވެސް ޔާމީނަށް މަރުގެ އިންޒާރު ދީފައިވާ ކަން މިހާރު އެނގޭ ކަމަށް އޭނާ ބުންޏެވެ.

ޔާމީނަށް ހަމަލާ ދިނީ ކޮން ބައެއް ކަމާއި ސީދާ ސަބަބު އަދި ނޭނގުނަސް، އޭނާގެ މަރަށް ފަހު ތިލަވި ވާހަކަތަކުން، އާއިލާ އަށް ކަށަވަރު ވަނީ ޔާމީން މަރާލުމުގެ ހަފުތާއެއް ކުރިން ވެސް ބަޔަކު އޭނާ އަށް ފާރަލަމުން ދިޔަ ކަމެވެ. އޭގެ ތެރެއިން ބަޔަކު އެ އިމާރާތަށް ވަދެ ކަންކަން ބަލާފައިވާ ކަމަށް ވެސް އާއިލާ އިން މިހާރު ތުހުމަތު ކުރެ އެވެ.

"މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި [އެ ގޭގައި ދިރިއުޅޭ މީހުންނާ ގުޅުން ނެތް] އެކި މީހުން ގެ އަށް އަރައި އުޅެފައި އެބަހުއްޓޭ. ބައެއް މީހުން ހީކުރީ، އެއީ މިގޭގެ ވެރިމީހާއާ ބައްދަލުކުރަން އައި މީހުންނޭ،" ޝަފީގާ ބުންޏެވެ.

"މިގޭގައި އުޅޭ ބައެއް މީހުން ބުނި ސީސީޓީވީ ކެމެރާގައި ވެސް މި ދޭތެރެއަކުން އިނޭ ދަވާދު ކަހަލަ އެއްޗެއް ހާކާފައި. އޭތި [ގޭ] މީހުން ސާފު ކޮށްލީއޭ، އެ މީހުން ހީކުރީއޭ، ކެމްޕޭންގެ ޕޯސްޓަރު ތަތްކުރަން އައި މީހުންގެ އަތުން އުނގުޅިފައޭ. މި ހުރިހާ ކަމެއް ވެސް ގުޅިފައި މިއޮތީ، އަޅުގަނޑަށް މިހާރު ލަފާކުރެވޭ އެ ބަޔަކު މިކަމުގައި އުޅޭތާ ފުދޭ ވަރަކަށް ދުވަސް ފަހުން އެ ކުއްޖާ އަށް އެހެން ހަދާލީ."

ފުލުހުން ވަނީ އެގޭގެ ކެމެރާގެ ފުޓޭޖްތައް ގެންގޮސްފަ އެވެ. ގޭގެ އިތުރުން އެ ސަރަހައްދުގެ ވަށައިގެން ގިނަ އަދަދެއްގެ ކެމެރާތައް ހުރެ އެވެ. އެހެންކަމުން، ޔާމީނަށް ހަމަލާ ދިނީ ކޮން ބައެއްކަން ކޮންމެވެސް އެއް ކެމެރާއަކަށް އަރާފައި ހުންނާނެ ކަމަށް އާއިލާ އިން ލަފާކުރެ އެވެ.

ޝަފީގާ ބުނިގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުން އެނގެނީ މައްޗަށް އަރަން ޔާމީން ލިފްޓްގެ ސުވިޗަށް ފިއްތާފައިވާ ކަމެވެ. އެކަން އެނގެނީ، އެ ތަން އަނދިރިކޮށް އޮތް އިރު ވެސް ލިފްޓް ހުޅުވުނު އަލިކޮޅު ކެމެރާގައި ރެކޯޑު ކުރެވިފައި ހުރުމުންނެވެ.

ޔާމީން މަރައިލި އިރު، އޭނާ އަށް ވަނީ ފުލުފުލުގައި މަރުގެ އިންޒާރުތައް ދީފަ އެވެ. އޭގެ ތެރޭގައި ތަކުރާރުކޮށް އެކަކު ދީފައިވާ އިންޒާރުތަކާއި ތަފާތު އައިޑީތަކުން ކާކު ކަން ނޭނގޭ ގޮތަށާއި ކާކުކަން އެނގޭ ގޮތަށް ފާޅުގައި ދީފައި ހުރި އިންޒާރުތައް ވެސް އެބަ ހުއްޓެވެ.

ޓުވިޓާ އާއި ފޭސްބުކް އަދި ފޯނަށް އެސްއެމްއެސް ފޮނުވައިގެން ވެސް ޔާމީނަށް އިންޒާރު ދީފައިވެ އެވެ. އިންޒާރުގެ ބައެއް މެސެޖްތައް ޔާމީން ވަނީ ޓުވިޓާ އާއި ފޭސްބުކްގައި އާއްމު ވެސް ކޮށްފަ އެވެ.

މި ފަހުން، ޔާމީނަށް ފޭސްބުކްގައި އިންޒާރު ދެމުން އެކަކު ބުނެފައި ވަނީ "ސައިޒް އޮޅިގެން އުޅެންޏާ ސައިޒަށް ލާނަން" ކަމަށެވެ. އެ މެސެޖް ލިބުނުތާ ކައިރީގައި، "ޓިކް ޓޮކް، ޓިކް ޓޮކް" ލިޔެ މީހަކު މެސެޖްކޮށްފައިވެ އެވެ. ޔާމީންގެ ވަގުތު ކުޑަތަންވަނީ ކަމަށް ބުނެ އެހެން މީހަކު ވެސް އޭނާ އަށް ފޭސްބުކުން މެސެޖް ފޮނުވި އެވެ.

އެެހެން މީހަކު ވަރަށް ހުތުރު ބަހުން ފޮނުވި މެސެޖެއްގައި، ޔާމީންގެ އުނދަގޫ މިހާރު މާ ބޮޑުވަނީ ކަމަށާއި އެތަން ދައްކާލާނެ ކަމަށް ވެސް އިންޒާރު ދީފައިވެ އެވެ.

ޔާމީނަށް ނަސޭހަތް ދެނީ ކަމަށް ބުނެ އެކަކު ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އިސްލާމްދީނުގެ އަދުއްވުންގެ ދިފާއުގައި މަސައްކަތް ކުރާ ނަމަ "ރީއްޗެއް ނުވާނެ" ކަމަށެވެ. އިސްލާމް ދީނާއި ގުރުއާނަށް ޖޯކުޖަހާ މީހުންނަށް ވާގިވެރިވާ ނަމަ ރަނގަޅު "ބޮނޑިއެއް ބޮއެފާނެ" ކަމަށް ވެސް އެ މެސެޖުގައި ބުނެފައިވެ އެވެ.

އެމްޑީޕީ މީހުންނާ އެކު ކަލޭ ވެސް މަރާލާނަމޭ ބުނެ އިންޒާރު ދީފައިވާ އިރު، ހަރުކަށި ދީނީ ފިކުރާ ދެކޮޅަށް ޔާމީން ލިޔާ ލިޔުންތަކާ ގުޅިގެން ކަމަށް ބުނެ ވެސް އިންޒާރު ދީފައިވެ އެވެ. ގައުމުން ނައްތާލަން ޖެހޭ މީހުންގެ ލިސްޓުގައި ޔާމީން ހިމެނޭ ކަމަށް ބުނެ ވެސް އިންޒާރު ދިނެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ހާއްސަކޮށް، ނޫސްވެރިޔާ އަހްމަދު ރިލްވާނަށް އިންސާފު ހޯދައި ނުދީގެން މުއައްސަސާތަކަށް ފާޑުކިޔައި ލިއެފައި ހުރި ލިއުންތަކާ ހެދި "ރިލްވާނަށް ހެދި ގޮތް ހަދާލާނެ" ކަމުގެ އިންޒާރު ވެސް ޔާމީނަށް ލިބުނެވެ.

އޭނާ އަށް ދީފައިވާ މި އިންޒާރުތަކުގެ މައްސަލަތައް ބަލައިދޭން ރަސްމީކޮށް ފުލުހުންނަށް އޭނާ ހުށަހެޅި އެވެ. ފުލުހުން ބުނަނީ ޔާމީން ހުށަހެޅި މައްސަލަތައް ބަލައި ތުހުމަތުކުރެވޭ ބަޔަކާ ސުވާލު ވެސް ކުރި ކަމަށެވެ. ފުލުހުން އެހެން ބުނި ނަމަވެސް މައްސަލަތައް ނުބަލައިގެން، އެ ކަންބޮޑުވުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން ބައިނަލްއަގުވާމީ އެހެން ޖަމިއްޔާތަކާ ވެސް ޔާމީން ވަނީ ހިއްސާކޮށްފަ އެވެ.

އެކަމަކު ރިލްވާނާއި އަފްރާޝީމަށް އިންސާފު ހޯދަައިދޭން މުއައްސަސާތައް ނުކުޅެދުނު އިރު، ޔާމީން ގަތުލުކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެތޯ މިއީ ގައުމު މިއަދު ކުރާ ބޮޑު ސުވާލެވެ؛ ޖަވާބު ދިނުން އޮތީ ސަރުކާރާއި މުއައްސަސާތަކުގެ އަތްމަތީގަ އެވެ.