މިއޮއް އަންނަނީ އުދުހޭ ކާރެއް
މިއޮއް އަންނަނީ އުދުހޭ ކާރެއް

އުދުހޭ ކާރު އުފެއްދުމުގައި އާ އުސްމިނަކަށް ދާން އަމާޒު ހިފާފައިިވާ، ސްލޮވާކިއާގެ ކުންފުންޏަކުން 2020 ގައި އުފެދެން ފަށާނެ ކަމަށް އިއުލާނުކޮށްފި އެވެ.

މިއޮއް އަންނަނީ އުދުހޭ ކާރެއް
މިއޮއް އަންނަނީ އުދުހޭ ކާރެއް

ސުޕަ ކާރު ޝޯއެއްގައި، އެއަރޯމޮބިލް ކުންފުނިން ބުރާސްފަތި ދުވަހު ވަނީ އުދުހޭ ކާރަކަށް ބަދަލުކޮށްލެވޭ ކާރުގެ ފައިނަލް ޑިޒައިން ދައްކާލައިފަ އެވެ. އެކަމަކު ސަހަލު އަގެއްގައި މި ކާރެއް ނުލިބޭނެ އެވެ. މި ކާރުގެ އަގު ކަމަށް ބުނަނީ 1.3 މިލިއަން ޑޮލަރާއި 1.6 މިލިއަން ޑޮލަރާ ދެމެދެވެ.

މިއޮއް އަންނަނީ އުދުހޭ ކާރެއް
މިއޮއް އަންނަނީ އުދުހޭ ކާރެއް

މި ކާރުގެ ޑިޒައިން ދައްކާލާފައި މި ވަނީ މަޝްހޫރު ބައެއް ކުންފުނިތަކުން ވެސް އުދުހޭ ކާރު އުފެއްދުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަމަށް ޓެކްނޮލޮޖީ ތަރައްގީކުރަމުން އަންނަ ވަގުތެއްގަ އެވެ.

އެހެން ކުންފުނިތަކުން ގެންގުޅޭ ޚިޔާލާ ތަފާތުކޮށް، އެއަރޯމޮބިލް އިން ބޭނުންވަނީ މަގުމަތީގައި ވެސް ދުއްވޭ އަދި މަތިންދާބޯޓެއް ގޮތަށް އުދުހެވޭ ކާރެއް އުފައްދާށެވެ. އެހެން ކުންފުނިތަކުގެ ވިސްނުން ހުރީ ރަންވޭއެއް ބޭނުން ނުކޮށް ހުރި ދިމާލުން މައްޗަށް އަރައި، ތިރިކޮށްލެވޭ އުދުހޭ ކާރެއް ހަދާށެވެ. އާދައިގެ ކާރެއްގެ ގޮތުގައި ދުއްވޭ ގޮތަށް ޓެކްނޮލޮޖީ ތަރައްގީކުރާކަށް ނުވިސްނަ އެވެ.

އެއަރޯމޮބިލްގެ އުދުހޭ ކާރަށް މިހާރު އޯޑަރު ދެވޭނެ އެވެ. އެކަމަކު މި ކުންފުނިން އުފައްދަން ނިންމާފައި ވަނީ 500 ކާރެވެ.

އެ ކުންފުނިން ބުނި ގޮތުގައި އާދައިގެ ކާރެއްގެ ގޮތުގައި އޮވެފައި އުދުހޭ ގޮތަށް، އެންމެ ތިން މިނެޓް ތެރޭ މި ކާރު ބަދަލުކޮށްލެވޭނެ އެވެ. މި ކާރުގެ އެންމެ ބާރު ސްޕީޑަކީ ގަޑިއަކު 100 މޭލެވެ. މި ސްޕީޑުގައި 434 މޭލަށް ދަތުރުކުރެވޭނެ އެވެ. އުދުހިފައި ދެވޭނީ އެންމެ ބާރުވެގެން ގަޑިއަކު 223 މޭލު ބާރުމިނުގައި 466 މޭލު ދުރަށެވެ.

ޔޫރަޕްގައި މި ކާރު ވިއްކާނީ ޕައިލެޓް ލައިސަންސް އޮންނަ މީހުންނަށެވެ. އަދި ކާރަށް ރަންވޭއެއް ވެސް އޮންނަން ޖެހޭނެ އެވެ.