ޔާމީންގެ ޖަނާޒާ ބާއްވައިފި
ޔާމީންގެ ޖަނާޒާ ބާއްވައިފި

މަރާލާފައި އޮއްވައި ރޭ ފެނުނު ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔާމީން ރަޝީދުގެ ޖަނާޒާ މިއަދު އަސުރު ނަމާދަށް ފަހު ބާއްވައިފި އެވެ.

ޔާމީންގެ ޖަނާޒާ ބާއްވައިފި
ޔާމީންގެ ޖަނާޒާ ބާއްވައިފި

ހުޅުމާލޭ ސަހަރާގައި ބޭއްވި ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.

ޔާމީންގެ ޖަނާޒާ ބާއްވައިފި
ޔާމީންގެ ޖަނާޒާ ބާއްވައިފި

ސ. ފޭދޫ ޗަނބޭލީގޭ ޔާމީން 29، ގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލާފައި އޮއްވައި ފެނުނީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގޭގެ ސިޑިގޮޅި ތެރެއިންނެވެ. އޭނާގެ ހަށިގަނޑުގެ 14 ތަނަކަށް ވަޅި ހަރާފައިވާ ކަމަށް ވަނީ އެނގިފަ އެވެ.

ޔާމީންގެ ޖަނާޒާ ބާއްވައިފި
ޔާމީންގެ ޖަނާޒާ ބާއްވައިފި

ފުލުހުން ކުރި ޓުވީޓެއްގައި ބުނި ގޮތުގައި ޔާމީންގެ ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވާ ކަން އާއިލާ އިން ރަސްމީކޮށް ފުލުހުންނަށް ވަނީ އަންގައިފަ އެވެ. ޔާމީންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރީ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ނެގުމަށް ފަހު ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ޔާމީންގެ ޖަނާޒާ ބާއްވައިފި
ޔާމީންގެ ޖަނާޒާ ބާއްވައިފި

މަރުގެ އިންޒާރުތަކަކަށް ފަހު ޔާމީން މަރާލި ހާދިސާ ކުށްވެރިކޮށް ދިވެހި ސަރުކާރާއި ރާއްޖޭގެ ސިޔާސީ ބޭފުޅުންނާއި ބޭރު ގައުމުތަކުގެ ސަފީރުން ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. މި އަނިޔާވެރި އަމަލު ހިންގި ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލަމުން ދާއިރު، މަރުގެ އިންޒާރުތަކުގެ މައްސަލަ ފުލުހުން ސީރިއަސް ގޮތެއްގައި ބަލާފައި ނުވާ ކަމަށް ބުނެ ފުލުހުންނަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. ނަމަވެސް ފުލުހުން ބުނީ އެ މައްސަލަ އައީ ބަލަމުން ކަމަށެވެ.

ޔާމީންގެ ޖަނާޒާ ބާއްވައިފި
ޔާމީންގެ ޖަނާޒާ ބާއްވައިފި

ސަރުކާރުގެ ސިޔާސަތުތަކާއި އިޖުތިމާއީ މައްސަލަތަކަށް ފާޑު ކިޔުމުގައި ސޯޝަލް މީޑިއާގައި މަޝްހޫރު ޔާމީނަކީ މީގެ ދެ އަހަރު ކުރިން ގެއްލިފައިވާ، ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އެންމެ ގާތް އެއް އެކުވެރިޔާ އެވެ. ރިލްވާން ގެއްލުނު މައްސަލަ އާއި އެކަމާ ގުޅިގެން ހިނގާފައިވާ ބައެއް ކަންކަމުގެ ވާހަކަ މެދު ނުކެނޑި ދައްކަމުން ދިޔަ ޔާމީންގެ މަރުގެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ބަލަމުންނެވެ.

ޔާމީންގެ ޖަނާޒާ ބާއްވައިފި
ޔާމީންގެ ޖަނާޒާ ބާއްވައިފި