ދިރާގުޕޭ މެދުވެރިކޮށް ދިރާގު ބިލްތަކަށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ދެ މީހަކަށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ. 

މި ޕްރޮމޯޝަނަކީ ކަސްޓަމަރުންގެ މެދުގައި
ފަސޭހަކަމާ އެކު ޑިޖިޓަލްކޮށް
ފައިސާ ދެއްކުމުގެ އާދަ އަށަގެންނެވުމާއި، ދިރާގުޕޭގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންގެ އަގުވަޒަންކޮށް އަގުހުރި
އިނާމެއް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް ދިރާގު ފިންޓެކުން ބުންޏެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދިރާގު ޕޭ މެދުވެރިކޮށް ބިލަށް ފައިސާ ދައްކައިގެންނެވެ. ދިރާގުޕޭ މެދުވެރިކޮށް ދައްކާ ކޮންމެ ބިލަކާ އެކު މި
ގުރުއަތުގައި ބައިވެރިވުމުގެ އިތުރު ފުރުސަތެއް ލިބޭނެ އެވެ. އެހެންވެ، ގިނަ
ބިލްތައް ދައްކާ ކަސްޓަމަރުންނަށް މެލޭޝިއާ ދަތުރު ކާމިޔާބުކުރުމުގެ ފުރުސަތު
ބޮޑުވާނެ ކަމަށް ދިރާގުން ބުންޏެވެ. 

މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. 

މި ޕްރޮމޯޝަންގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ދެ މީހަކަށް މެލޭޝިއާއަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ހުރުމުގެ އިންތިޒާމުގެ
އިތުރުން ފަތުރުވެރިން ޓްރެވަލް އެޖެންސީން ފަރުމާކޮށްފައިވާ ހާއްސަ ޓުއާއެއްވެސް
ލިބޭނެ އެވެ. 

ދިރާގު ފިންޓެކުން ދިރާގުޕޭ ކަސްޓަމަރުންނަށް އަމާޒުކޮށް މިފަދަ އެކި ޕްރޮމޯޝަންތައް އަންނަނީ ހިންގަމުންނެވެ.