ހުޅުމާލެ ރުއްގަނޑު 1 ގައި ހުންނަ ކެފޭއެއްގައި މިއަދު ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތަރު މީހަކަށް ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ދެންމެ ބުނީ ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ހާދިސާގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކަށް ފަރުވާދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް ހޮސްޕިޓަލުގެ ބަހެއް އަދި ނުލިބޭތީ، އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލް އަދި ނޭނގެ އެވެ.