ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވީ ހއ. ހޯރަފުށީ ހުދުމާގޭ މުހައްމަދު ނާއިޝް އާދަމްގެ މައްޗަށެވެ.
އަނިޔާ ލިބުނު ކުއްޖާގެ ރައްކާތެރިކަމަށްޓަކައި މައްސަލައިގެ ތަފްސީލުތައް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.
ދައުލަތުން ނާއިޝްގެ މައްޗަށް ދައުވާ އުފުލީ 2025 ވަނަ އަހަރުން ފެށިގެން ތިން އަހަރުގެ ކުއްޖަކަށް އެކި ދުވަސް މަތިން ޖިންސީ ގޯނާކޮށްފައިވާތީ އެވެ.
އޭނާގެ މައްޗަށް ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް އިއްވިިއިރު ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ 18 އަހަރާއި ހަތް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ.