23 އެޕްރީލް 2017 - 14:22

ހދ. އަތޮޅުގައި ނުކުޅެދުންތެރިކަން ހުރި ހަތަރު މީހަކަށް، މަރުހޫމު ނާސިރާ އަބްދުﷲގެ ފަރާތުން އިއްޔެ ވީލް ޗެއާ ހަދިޔާކޮށްފި އެވެ.
އެ ވީލް ޗެއާތައް ހަވާލުކުރުން އޮތީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ. ހަތަރު ވީލް ޗެއާ ލިބިފައިވަނީ ކުޅުދުއްފުށީ ތިން މީހަކަށާއި ހދ. ނޮޅިވަރަންފަރު މީހަކަށެވެ. އެ ގޮނޑިތައް ހަވާލުކުރީ ޑިސްއޭބިިލިޓީ އެމްބެސަޑަރު އަހުމަދު ހިޝާން އެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ބުނި ގޮތުގައި މި ގޮނޑިތައް ހަވާލުކޮށްފައި ވަނީ އެ ތަކެތި ފޮނުވި ފަރާތުން ކަނޑައަޅާފައިވާ މީހުންނަށެވެ.
މި ރަސްމިއްޔާތުގައި ހިޝާންގެ އިތުރުން ކުޅުދުއްފުށީ ފުލުހުންގެ ބައެއް ބޭފުޅުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައެއް އާއިލާތަކުން ވެސް ބައިވެރިފައިވާ ކަމަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ބުންޏެވެ.
ނާސިރާ ނިޔާވިއިރު އޭނާގެ މިލްކިއްޔާތުގައި ހުރި ފައިސާ އިން އޭނާގެ އާއިލާއިން ވަނީ، އެސްޓީއޯ މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުރި ބަޔަކަށް މީގެ ކުރިން ވެސް ވީލް ޗެއާ ހަދިޔާކޮށްފަ އެވެ.