23 އެޕްރީލް 2017 - 10:19

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ތިޖޫރީ ފަޅާލައި ވައްކަން ކޮށްފި އެވެ.
ފުލުހުން ބުނީ ތިޖޫރީން ފައިސާތަކެއް ގެއްލިގެން ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 7:50 ގައި ކަމަށެވެ.
އެސްޓީއޯ އިން ބުނީ މިހާތަނަށް ބެލި ބެލުމުން، ވަގަށް ނަގާފައި ވަނީ 25،000ރ. އާއި ލެޕްޓޮޕަކާއި ކެމެރާއެއް ކަމަށް އެނގިފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.