24 އެޕްރީލް 2017 - 06:19

ޖޭމްސް ކެމެރަންގެ ކާމިޔާބު ފިލްމް "އެވެޓާ" ގެ ދެވަނަ ބައި އަންނަ އަހަރު ފަހުކޮޅު ރިލީޒް ކުރާނެ ކަމުގެ އުންމީދުގައި ތިއްބައި، އެހެން ނުވާނެކަން ދާދި ފަހުން ވަނީ އިއުލާނުކޮށްފަ އެވެ. "އެވެޓާ 2" އަށް އަދި ދެ އަހަރެއްހާ ދުވަހު އިންތިޒާރުކުރަން ޖެހޭނެ ކަމަށް މިހާރު ވަނީ ބުނެފަ އެވެ.

އެ ފިލްމް ރިލީޒްކުރާ މިހާރު ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. "އެވެޓާ" އަށް ހާއްސަކޮށް ހަދާފައިވާ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ "އެވެޓާ 2" ސިނަމާ އަށް އަންނާނީ ޑިސެމްބަރު 18، 2020 ގައި ކަމަށެވެ.
ޑައިރެކްޓަރު ކެމެރަން ބުނީ "އެވެޓާ" ކުރިއަށް ހުރި ފިލްމްތަކުގެ މަސައްކަތް ފަށައިގަތީ މިކަމަށް އޮތް އެންމެ ކުޅަދާނަ ޓީމާ އެކުގައި ކަމަށެވެ. އަދި މި ދަތުރުގެ ތެރޭގައި "އެވެޓާ" ގެ ހަތަރު ފިލްމެއް އުފައްދަން ވަނީ ނިންމައިފަ އެވެ. އެ ފިލްމްތައް ރިލީޒް ކުރާ ތާރީހުތައް ވެސް ވަނީ އިއުލާންކޮށްފަ އެވެ.
އެގޮތުން ދެވަނަ ބައި 2020 ގައި ގެނެސް ދިނުމަށް ފަހު، ތިން ވަނަ ބައި ސިނަމާ އަށް ގެންނާނީ ޑިސެމްބަރު 17، 2021 ގަ އެވެ. ތިން ވަނަ ފިލްމް ޑިސެމްބަރު 20، 2024 ގައި ގެނެސް ދިނުމަށް ފަހު، ހަތަރު ވަނަ ފިލްމް ސިނަމާ އަށް ގެންނާނީ ޑިސެމްބަރު 19، 2025 ގަ އެވެ.
"ޓައިޓޭނިކް" ފަދަ، ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރާލި ފިލްމްތައް ޑައިރެކްޓްކޮށްފައިވާ، ކެމެރަން 2009 ގައި ގެނެސް ދިން "އެވެޓާ" ވެގެން ދިޔައީ އަނެއްކާ ވެސް އާ ރެކޯޑެއް ހެދި ފިލްމަކަށެވެ.
އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 2.788 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. މިއީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ.
"އެވެޓާ" ގެ ކާސްޓުންގެ ތެރޭގައި ޒޯއާ ސަލްދަނާ، ސޭމް ވޯތިންގްޓަން، ސްޓެފެން ލެންގް އަދި މިޝެލް ރޮޑްރިގޭޒް ހިމެނެ އެވެ.