މާމަ ދަރިންގެ އަދަދު 150 އިން މަތީގައި، ހުރިހާ ދަރިންގެ ނަން އެނގޭ
މާމަ ދަރިންގެ އަދަދު 150 އިން މަތީގައި، ހުރިހާ ދަރިންގެ ނަން އެނގޭ

އިނގިރޭސި ވިލާތުގެ، އުމުރުން 97 އަހަރުގެ މާގްރެޓް ހޮވާތު ގަބޫލުކުރާ ގޮތުގައި އެ ގައުމުގައި އެންމެ ބޮޑީ އޭނާގެ އާއިލާ އެވެ. އެންމެ ފަހުން ގުނިއިރު މާގްރެޓްގެ މާމަ ދަރިންނާއި މުނިމާމަ ދަރިން އަދި ހޫރުމާމަ ދަރިންގެ އަދަދު 150 އަށް ވުރެ މައްޗެވެ.

މާމަ ދަރިންގެ އަދަދު 150 އިން މަތީގައި، ހުރިހާ ދަރިންގެ ނަން އެނގޭ
މާމަ ދަރިންގެ އަދަދު 150 އިން މަތީގައި، ހުރިހާ ދަރިންގެ ނަން އެނގޭ

މާގްރެޓްގެ ތިބި 45 މާމަ ދަރިންގެ ތެރެއިން އެންމެ ދޮށީ އެންތަނީ ކޮންރޯއީ، 52، އެވެ. އަދި އެންމެ ހަގު ހޫރު މާމަ ދަރިއަށް އަދި ހަތް މަހެވެ.

މިޑްލްޓަންގެ ނޯތު މެންޗެސްޓާގައި ދިރިއުޅޭ މާގްރެޓް އާއި އޭނާގެ މަރުވެފައިވާ ފިރިމީހާއަށް 12 ދަރިން ލިބުނެވެ. ނަމަވެސް އޭގެ ތެރެއިން ތިން ކުދިން މަރުވި އެވެ.

މެންޗެސްޓާ ޔުނައިޓެޑް ފުޓްބޯޅަ ކްލަބަށް ސަޕޯޓްކުރާ މާގްރެޓް ފުޓުބޯޅަ މެޗުތައް ބަލަން އޭނާގެ ފަސް ދަރިންނަށް ގުޅައިގެން ގެޔަށް ގެނެ އެވެ. އަދި އޭނާގެ ގެ ވެސް ހުންނަނީ ސަޕޯޓްކުރާ ޓީމުގެ ކުލަތަކުން ޒީނަތްތެރިކޮށްފަ އެވެ.

މާގްރެޓްގެ މާމަ ދަރިއަކު ބުނި ގޮތުގައި މާމައަކީ ވަރަށް މިނިވަންކޮށް އެހާމެ ފުރިހަމަ ދިރިއުޅުމެއް އުޅޭ ވަރަށް އާއިލީ މީހެކެވެ.

އާއިލާގެ އެންމެން ގެއަށް ގެންގޮސް އާއިލީ އެއްވުންތައް ބޭއްވުމަށް މާމަ ވަރަށް ލޯބިކުރެ އެވެ. އަދި ހުރިހާ މުނާސަބަތެއް އާއިލާގެ އެންމެންނާ އެކު ފާހަގަކުރަން އިސްކަން ދެ އެވެ. އަދި ދަރިންގެ އަދަދު ކިތަންމެ ގިނަޔަސް ހުރިހާ މާމަ ދަރިންނާއި މުނި މާމަ އަދި ހޫރު މާމަ ދަރިންނަށް ކިޔާ ނަންތައް އޭނާއަށް އެނގެ އެވެ. އާއިލާއިން ގަބޫލުކުރަނީ މުޅި އިނގިރޭސި ވިލާތުގައި ވެސް މިފަދަ މާމަޔަކު ނުހުންނާނެ ކަމަށެވެ.