ކުޑަކުޑަ ބެޓެރިއެއް ދިރުނު ކުއްޖަކު މަރާ ހަނގުރާމަކުރަނީ
ކުޑަކުޑަ ބެޓެރިއެއް ދިރުނު ކުއްޖަކު މަރާ ހަނގުރާމަކުރަނީ

އިނގިރޭސި ވިލާތުގައި، އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށް ކުޑަކުޑަ ލިތިއަމް "ބަޓްން" ބެޓެރިއެއް ދިރުމުގެ ސަބަބުން ހާލު ދެރަވެ ފަރުވާ ދެމުން އެބަ ގެންދެ އެވެ. މި ކުއްޖާގެ ފުރާނަ ސަލާމަތްކުރެވުނަސް ހިނގޭނެ ކަމުގެ އުންމީދު ކުޑަ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ބެޓެރީގެ ވިހައިގެ ސަބަބުން އެތެރެހަށީގެ ގުނަވަންތަން ދަނީ ފިހި، ފެއިލްވަމުންނެވެ.

ކުޑަކުޑަ ބެޓެރިއެއް ދިރުނު ކުއްޖަކު މަރާ ހަނގުރާމަކުރަނީ
ކުޑަކުޑަ ބެޓެރިއެއް ދިރުނު ކުއްޖަކު މަރާ ހަނގުރާމަކުރަނީ

ކެސީ ބްރަޑެލް އަށް މި ބެޓެރި ދިރުމުގެ ސަބަބުން، ކާއެއްޗެހިދާ ހޮޅި ވަނީ ފިހިފަ އެވެ. އެހެންވެ ކާން ދެނީ ހޮޅިއެއް ލައްވައިގެ ކަމަށް ޑާބީ ޓެލެގްރާފުން ބުންޏެވެ.

ކުޑަކުޑަ ބެޓެރިއެއް ދިރުނު ކުއްޖަކު މަރާ ހަނގުރާމަކުރަނީ
ކުޑަކުޑަ ބެޓެރިއެއް ދިރުނު ކުއްޖަކު މަރާ ހަނގުރާމަކުރަނީ

މި ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ހޮޑުލާއިރު ލޭ އަންނާތީ އެވެ. މި ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް ހަ ގަޑިއިރުގެ އިމަޖެންސީ ސާޖަރީއެއް ހަދަން ޖެހުނެވެ. ނަމަވެސް އޭރު ވެސް ބެޓެރީގެ ސަބަބުން ކުއްޖާގެ އެތެރެހައްޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ކުޑަކުޑަ ބެޓެރިއެއް ދިރުނު ކުއްޖަކު މަރާ ހަނގުރާމަކުރަނީ
ކުޑަކުޑަ ބެޓެރިއެއް ދިރުނު ކުއްޖަކު މަރާ ހަނގުރާމަކުރަނީ

ކުއްޖާގެ މަންމަ ޗެރީލް ބެލް ބުނި ގޮތުގައި ކެސީގެ ހާލު މިހާރު ކުޑަކޮށް ރަނގަޅެވެ. އެކަމަކު ކެސީއަށް ނުހިނގޭނެ ކަމަށް ބުނާތީ އާއި އަޅަމުންދާ ވޭންތަކުގެ ސަބަބުން ވަރަށް ބޮޑު ހިތްދަތިކަމެއް ލިބިފައިވާ ކަމަށް ބުންޏެވެ.

ޗެރީލް ބުނީ މި ޚަބަރު ނޫސްތަކަށް ދީގެން އޭނާ ބޭނުންވީ ކުދިކުދި ބެޓެރީ ފަދަ ތަކެތިން ކުޑަކުދިންނަށް އޮތް ނުރައްކަލާ މެދު އާންމުން ހޭލުންތެރިކުރުމެވެ.

ހޮޑުލައި ބޭރަށް ހިންގާތީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކެސީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ބެޓެރިއެއް ދިރިފައިވާ ކަމެއް މަންމަ ޗެރީލް، 27، އަކަށް ނޭނގެ އެވެ. ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދެމުން އަންނަނިކޮށް އެކްސް-ރޭ އަކުން ބެޓެރީ ފެނުނީ ހޮސްޕިޓަލަށް ގެންދިޔަތާ އެތައް ދުވަހެއް ފަހުންނެވެ. މިހާރު ނޮޓިންހަމް ޗިލްރަން ހޮސްޕިޓަލުގައި ސާޖަރީ ހަދައިގެން ބެޓެރި ވަނީ ނަގައިފަ އެވެ.

ނަމަވެސް އަނެއްކާ އޭގެ ހަފުތާއެއް ފަހުން ކެސީ އަނެއްކާ ވެސް ހޮޑުލާން ފެށި އެވެ. އަންނަނީ ލެ އެވެ. އަނެއްކާވެސް ހަ ގަޑިއިރުގެ އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އެއީ ކާ އެއްޗެހި ދާ ހޮޅިއަށާއި އެތަނުގައިވާ ބައެއް ނާރުތަކަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރަން ކުރި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނަށް ފަހު ޑޮކްޓަރުން ބުނަނީ ކެސީ އަށް ހިނގޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ކެސީގެ ފުރާނަ ސަލާމަތްވާނެ ކަމުގެ އޮތީ 60 ޕަސެންޓް ފުރުސަތެކެވެ. އަދި ފުރާނަ ސަލާމަތް ވިޔަސް އުނަގަނޑުން ތިރި ވާގި ނެތުމުގެ 50 ޕަސެންޓް ޗާންސް އެބަ އޮތް ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ކެސީއަށް ދިރުވާލެވެނު ބެޓެރިއަކީ ކާރުގެ ތަޅުދަނޑިއަށް ލައްވާ އެއްޗެކެވެ. މި ވައްތަރުގެ ބެޓެރީ އަކީ ކުޑަކުދިން ކުޅޭ އެއްޗިއްސާއި އަތުކުރީ ގަޑިއަށް ވެސް ލައްވާ އެއްޗެކެވެ.

މިފަދަ ބެޓެރީއެއް ކެވިއްޖެ ނަމަ ކަރުގައި ތާށިވެގެން ނޭވާ ނުލެވުން ފަދަ ކަމެއް ވެސް މެދުވެރިވެދާނެ އެވެ. އަދި ކަރުގައި ތާށިނުވެ ބަނޑަށް ހިނގައްޖެ ނަމަ އެތެރެހަށީގައި ކެމިކަލް ރިއެކްޝަނެއް އުފެދުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިފަދަ ބެޓެރީއެއް ދިރުވާލެވުމާ އެކު ކުޅާ އެކުވެގެން ކޯސްޓިކް ސޮޑާ ކިޔާ އެއްޗެއް އުފެދެ އެވެ. އަދި އެސިޑުން މަސްގަނޑު ވިރޭ ގޮތަށް އެތެރެ ހަށީގައި ބެޓެރީގެ އަސަރު ކުރާ ތަންތަން ވިރެން ފަށަ އެވެ.