އޮފީހަށް ދާން، ލަސްވެގެން އުޅޭއިރު ބޫޓު އިސްޓާކީނުގެ އެއް ކިބަ ގެއްލިގެން އުޅެންޖެހޭ ހެއްޔެވެ؟ ދޮވެފައި ބަހައްޓާފައި ހުންނަ އިސްޓާކީނުތަކުގެ ތެރެއިން ގުޅޭ ޖޯޑެއް ހޯދަން ހާވަން ޖެހެނީ ތަރުތީބެއް ނެތުމުންނެވެ. އިސްޓާކީނުގެ ޖޯޑު ހަމަވާ ގޮތަށް، އަދި އެކަތި އަނެކައްޗާ އެކުވެ ނޯޅޭ ގޮތަށް ބަހައްޓާ ނަމަ ވަރަށް ފަސޭހަވާނެ އެވެ.

މިކަމަށް އޮތް އެންމެ ފަސޭހަ ހައްލަކީ އިސްޓާކީނުގެ އެއް ކިބަ އަނެއް ކިބަޔާ ވަކިނުވާ ގޮތަށް ފަށްޖެހުމެވެ.

އިސްޓާކީނު ފަށްޖަހައި ތަރުތީބުކޮށް ބެހެއްޓޭނެ އެކި ގޮތްތައް އެބަހުއްޓެވެ. އެކަަމަކު މިފަހަރު ވީޑިއޯގައި އެ ފެންނަ ގޮތް ދަސްކޮށްލާށެވެ.