ހުޅުމާލެ 2 ގެ އަމާން އުދަރެސް ޓަވަރަކުން މީގެ އިރުކޮޅެއް ކުރިން މީހަކު ވެއްޓި، މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، ހުޅުމާލެ 2 އުދަރެސްގެ 8 ވަނަ ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ އަށް ވުރެ އިތުރު ތަފުސީލެއް ފުލުހުންގެ ފަރާތުން އަދި ނުދެ އެވެ.

އެނގިފައިވާ ގޮތުގައި ފިރިހެންމީހާ ވެއްޓުނު ގޮތަށް ވަނީ މަރުވެފަ އެވެ.