އެމްއައިބީން އިސް ނަގައިގެން ނެޝަނަލް ގެސްޓްހައުސް އަދި ހޮޓެލް އެސޯސިއޭޝަންގެ އެހީތެރިކަމާ އެކު ބާއްވާ 'ގެސްޓްހައުސް ސިންޕޯސިއަމް'ގެ މިއަހަރުގެ އެޑިޝަން ކުރިއަށް ދާނީ ކުރީ އަހަރުތަކާ ތަފާތުކޮށް ކަމަށް އެ ބޭންކުން ބުނެފި އެވެ. 

އެ ބޭންކުން ބުނީ މި އަހަރުގެ ގެސްޓް ހައުސް ސިންޕޯސިއަމް ވާނީ ރާއްޖޭގައި އާއްމުގޮތެއްގައި މި ބާއްވާ ސިންޕޯސިއަމްތަކާއި ކޮންފަރެންސްތަކާ ތަފާތު އިވެންޓަކަށް ކަމަށެވެ. މި އަހަރުގެ ގެސްޓްހައުސް
ސިންޕޯސިއަމްގައި އޮންނާނީ މުހިންމު މައުލޫއަކަށް ބޭއްވޭ އެންމެ ޕެނަލް
ޑިސްކަޝަންއެކެވެ. އަދި ތަޖުރިބާކާރެެއްގެ ކީނޯޓް ސްޕީޗެއް އޮނަންއިރު
ސިންޕޯސިއަމް އޮންނާނީ ގެސްޓް ހައުސް އެވޯޑާ ވެސް އެކު އެވެ.      

އެހެން އަހަރުތަކުގައި އެމްއައިބީ ގެސްޓްހައުސް
ސިންޕޯސިއަމްގައި ތިން ޕެނަލް ޑިސްކަޝަން ހިމެނި ނަމަވެސް މި އަހަރު އެންމެ ޕެނަލް ޑިސްކަޝަންއެއް ބާއްވަން ނިންމީ މި އިންޑަސްޓްރީއަށް ބޭނުންވާ މުހިންމު މައުލޫއަކަށް
ނުވަތަ މައުލޫތަކަކަށް ތަފްސީލީ ނަޒަރަކުން އަދި ގިނަ ބައެއްގެ ހިޔާލު
ހުޅަހެށުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެމްއައިބީން ބުންޏެވެ.

ގެސްޓްހައުސް
ސިންޕޯސިއަމަކީ ކޮންމެ އަހަރަކު ވެސް، ގެސްޓްހައުސް ދާއިރާއަށް ދިމާވާ ގޮންޖެހުންތަކާއި
އެކަންކަމުން އަރައިގަނެވޭނެ މަގުތަކާ މެދު މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް
އެމްއައިބީން ދާއިރާއާ ގުޅުން ހުރި ފަރާތްތަކާ އެކު ބާއްވާ ހާއްސަ ހަރަކާތެކެވެ.    

އެމްއައިބީ ގެސްޓް ހައުސް ސިންޕޯސިއަމް އަދި އެވޯޑު ހަފްލާ މި އަހަރު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހު ބާސެލޯ ނަސަންދުރަގަ އެވެ.