މުޅިން
އާ ފީޗާސްތަކާ އެކު ދިވެހި ބަހުގެ ޑިޖިޓަލް ރަދީފުގެއާ ވާޝަނެއްދިވެހި ބަހުގެ
އެކެޑެމީން އިފްތިތާހުކޮށްފި އެވެ.
މޯބައިލް
އަދި ވެބް އެޕްލިކޭޝަނެއް ހިމެނޭ މި ޑިޖިޓަލް ރަދީފު ތަރައްގީކުރެއްވީ، ދިވެހި
ބަހުގެ އެކެޑެމީގެ ބަސް ކޮމިޓީގެ ލަފާގެ މަތިން ޑިވެލޮޕަރު އަހުމަދު ނަދީމެވެ.
އާ
ވާޝަނުގައި ހިމެނޭ އެންމެ ބޮޑު ފަސޭހައަކީ، ކޮންމެ އަކުރެއްގެ ރަދީފު ވަކިވަކިން ބަލައިލެވުމާއި،
ހުރިހާ ލަފުޒެއްގެ މާނަތައް އެއް ލިސްޓަކުން ފެންނަން ހުރުމެވެ. އަދި އެމީހަކަށް
އެންމެ މަގުބޫލު ލަފުޒުތައް ފާހަގަކޮށްފައި ބެހެއްޓޭނެ ގޮތާއި، ކުރިން
ހޯދައިފައިވާ ލަފުޒުތައް ވަކިން ފެންނާނެ ނިޒާމެއް ވެސް ވަނީ ހިމަނައިފަ އެވެ. މީގެ
ކުރިން ލަފުޒެއްގެ މާނަ ހިއްސާކުރެވެނީ ހަމައެކަނި ލިންކެއްގެ ގޮތުގައި ނަމަވެސް،
މި ފަހަރު ލަފުޒާއި އޭގެ މާނަ އެކީގައި ހިއްސާކުރެވެ އެވެ.
މީގެ
އިތުރުން ކޮންމެ އަހަރަކު ރަދީފަށް އިތުރުކުރެވޭ ލަފުޒުތައް ބަސްތޫރަ ލިސްޓުން
ވަކިން ފެންނަން ހުންނާނެ އެވެ. އަދި އާއްމުކޮށް ބޭނުންކުރާ ރަސްމީ ބަހުގެ
އިތުރުން، ރާއްޖޭގެ އެކި އަތޮޅުތަކުގެ ބަހުރުވަ ރަދީފުތަކާއި ބޯދާބަސްތައް ވެސް މި
ވާޝަނުން ވަކިން ބެލެ އެވެ.
އެކެޑެމީން
ބުނީ ގަވާއިދުގެ ބައިތައް (ނަން، ކަން، ނަންއިތުރު) ވަކިން ބެލޭނެ އިންތިޒާމާއި، އަދަބީ
ގިންތީގެ ބަސްތަކާއި، މިސާލުބަހާއި ހަރުބަސް ފަދަ ބައިތައް ވެސް ވަކިން ބެލޭނެ
ގޮތް މި ފަހަރުގެ ވާޝަނުގައި ހިމެނޭ ކަމަށެވެ. މީގެ އިތުރަށް ދޫނި، ގަސްގަހާގެހި
އަދި ބަލިބަލީގެ ނަންތައް ފަދަ ތަފާތު ގުރޫޕުތަކުގެ ލިސްޓުތައް ވެސް ބެލޭނެ ކަމަށް
އެކެޑެމީން ބުންޏެވެ.
މި
ފަހަރުގެ ވާޝަނުގައި މިހާރުގެ ތަފާސްހިސާބުތަކާއި ބަހުގެ ބައެއް ހަރަކާތްތައް ހިމެނުމުގެ
އިތުރުން ބަހަށް ލޯބިކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ބަހުގެ ބައެއް ގޭމުތައް
ވެސް ވަނީ ހިމަނައިފަ އެވެ.
"މި އެޕްލިކޭޝަނަކީ ވެސް ބޭނުންކުރާ ފަރާތްތަކުގެ ހިޔާލާއި،
އައު ލަފުޒުތަކާއި މާނަ ހުށަހެޅޭނެހެން ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. އަދި
މިއީ އިތުރަށް ތަރައްގީކުރަމުންދާނެ އެޕްލިކޭޝަނެއް ކަމުން، މި އެޕްލިކޭޝަން ބޭނުންކުރާ
ފަރާތްތަކުން، އިސްލާހާއި ހިޔާލުތައް ހިއްސާކުރައްވަމުން ގެންދެވުމަށް އެދެމެވެ،"