އުރީދޫ އެޕް މެދުވެރިކޮށް
ރީޗާޖުކޮށްގެން އެއް ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
'ރިޗާޖް އެންޑް ވިން'ގެ ނަމުގައި ފެށި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކަށް ވެސް ވަނީ ފައިސާގެ އިނާމެއް ހުށަހަޅައިފަ އެވެ. އެގޮތުން އުރީދޫ އެޕުން ރިޗާޖުކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ވެސް ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 12،000ރ. ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.
އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އުރީދޫ
އެޕް މެދުވެރިކޮށް 300ރ. އިން ފެށިގެން މަތީގެ އަދަދަކުން ރީޗާޖުކުރުން ނުވަތަ
300ރ. އިން ފެށިގެން މަތީގެ އަދަދެއްގެ ޕެކެއް އެކްޓިވޭޓުކޮށްގެންނެވެ.
ޝަރުތު ހަމަވާ ކޮންމެ
ޓްރާންސެކްޝަނަކާއެކު ހަފްތާގެ ގުރުއަތުލުމާއި ގްރޭންޑް ޕްރައިޒް ގުރުއަތުލުމުގައި
ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާއިރު، އެޕް މެދުވެރިކޮށް ރީޗާޖުކުރާ ނުވަތަ ޕެކްތައް
އެކްޓިވޭޓްކުރާ ވަރަކަށް ކަސްޓަމަރުންނަށް އިނާމު ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެ އެވެ.
އެގޮތުން އެއް ހަފްތާއެއްގެ ތެރޭގައި ޝަރުތު ހަމަވާ 300ރ.ގެ ދެ ރިޗާޖު ކޮށްފި ނަމަ އެ ފަރާތަކަށް ޕްރޮމޯޝަނުގައި ބައިވެރިވުމަށް ދެ ފުރުސަތު ލިބޭނެ އެވެ. އަދި އެ ދެ ފުރުސަތު ގްރޭންޑް
ޕްރައިޒް ގުރުއަތުލުމުގައި ވެސް ގުނޭނެ އެވެ.
އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ރީޗާޖުކުރުމާއި، ޕެކްތައް
އެކްޓިވޭޓްކުރުމާއި، އެކައުންޓްތައް މެނޭޖުކުރުމުގެ އިތުރުން ސީދާ ސްމާޓްފޯނުން އުރީދޫގެ ހިދުމަތްތައް ހޯދޭނެ އެވެ.