20 އެޕްރީލް 2017 - 13:01

ހަައި ކޯޓުގެ ރެޖިސްޓްރާގެެ މަގާމުގައި ހުންނެވި ހަސަން އަލީ އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގެ އިތުރުން ހައުސިން މިނިސްޓަރުގެ ނައިބު ކަން ކުރެއްވި ހަސަން ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމުން ވަކިކުރި ކަން "މިހާރު" އަށް ކަށަވަރުވެފައި ވިޔަސް އޭގެ ސަބަބެއް ސާފެއް ނުވެ އެވެ. މި މައްސަލާގައި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ބަހެއް ނުލިބުނެވެ.
ކޯޓުތަކުގެ ގާނޫނު ބުނާގޮތުން ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި ހުންނަވާނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުކަމުގެ ޝަރުތު ހަމަވާން ޖެހޭ ބޭފުޅެކެވެ. އެވެ. އެއީ ހައި ކޯޓަށް ހުށަހެޅޭ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމާ މަގާމެކެވެ.
ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމަށް ހަސަން އައްޔަންކުރީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ ހައުސިން މިނިސްޓަރުގެ ނައިބުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމަށް ކުރިމަތިލެއްވުމުންނެވެ.