މަތީ ތައުލީމުގެ ފުރުސަތު
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް މިއާންޒް ކޮލެޖްގެ ރަށު
މަންދޫބުންގެ ގޮތުގައި އަތޮޅު ތެރޭގައި
މަސައްކަތް ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.
މިއާންޒް ކޮލެޖުން ބުނީ އެ ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ
ރަށަކުން ވެސް މަންދޫބަކު ހޮވުމަށެވެ. އަދި މަންދޫބުން އައްޔަން ކުރުމުގެ މައިގަނޑު
ބޭނުމަކީ ރަށްރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް
ކޮލެޖުގެ ކޯސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި ކޯސްތަކަށް ކުރިމަތިލުމުގައި
އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެ މަގާމަށް ކުރިމަތިލުމަށް ސީވީ އާއި ދިވެހި ރައްޔިތެއްކަން
އަންގައިދޭ ކާޑުގެ ސާފު ކޮޕީ އަދި ޕޮލިސް ރިޕޯޓާއެކު އެ ކޮލެޖަށް އީމެއިލް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އެ މަގާމަށް ކުރިމަތިލެވޭނީ މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 2 ޖަހަންދެނެވެ.
މިއާން ކޮލެޖުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ދަރިވަރުން ދަނީ ކިޔަވަމުންނެވެ. އަދި އެ ކޮލެޖުގައި ޔުނިވާސިޓީ ޕްރެޕެރޭޝަން ކޯހާއި ފައުންޑޭޝަން ޕްރޮގްރާމްތަކުން ފެށިގެން ޑިގްރީ އާއި މާސްޓާސް ޕްރޮގްރާމްތައް ވެސް ކިޔެވޭނެ އެވެ.